
އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރާނެ: އިގްތިސާދީ ތަރައްގީ އާއި ބެހޭ ވުޒާރާ

މުޙައްމަދު ފަޟްލޫން - 01 މާރިޗު 2026 - 16:06
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރައްޔިތުންނަށް ކާބޯތަކެއްޗާއި، އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމަށް ސަރަކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިނިސްޓްރީއާއި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.
މީގެ ސަބަބުން، ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން މޮނިޓަރކޮށް ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ބައިނަލްއަގްވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ، ދަތިތައް ދެނެގަނެ އެކަންކަމުން އަރައިގަތުމަށްޓަކައި، ބޭނުންވާނެ އެހެނިހެން އަލްޓަރނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ، ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް ވަނީ ވިދާޅުވެފައެވެ. ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ އިގުތިޞާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމަށް ކަމަށް އިގްތިސާދީ ތަރައްގީ އާއި ބެހޭ ވުޒާރާއިން އާއްމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އީދު ބަންދުގައި މަސް ނުގަންނާނެ: މިފްކޯ
5 ގަޑިއިރު ކުރިން

މިއަހަރުގެ އަޟްހާ އީދުގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދެނީ
6 ގަޑިއިރު ކުރިން

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
6 ގަޑިއިރު ކުރިން

މީރާ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)