
އީރާނާއި އެމެރިކާ ސުލްހައިގެ މްޝްވަރާތައް ފަށައިފި

ރިޟްވާން މޫސާ - 06 ފެބްރުއަރީ 2026 - 12:39
އީރާނާއި އެމެރިކާ ސުލްހައިގެ މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިޔާ ރިޕޯރޓްތައް ބުނެފި އެވެ.
ސުލްހައި މަޝްވަރާތައް މިއަދު ބޭއްވުމަށް ދެގައުމުންވެސް އޮތީ ކުރިން އެއްބަސްވެފަ އެވެ. ނަމަވެސް މީގެ ކުރިން ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއް ބޭއްވުމަށް ކުރެވިފައިވާ މަސައްކަތްތަކުގައި ދެގައުމުންވެސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ.
އީރާނާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން ދެ ގައުމުގެ އޮފިޝަލުންގެ މަޝްވަރާ ކުރުން ކުރިއަށްގެންދަނީ އޮމާންގެ ވެރިރަށް، މުސްކަޓްގަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު މެދުކެނޑިފައިވާ ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް އަލުން ފެށުމަށް މަގުފަހިކުރުމުގެ ގޮތުން، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އޮމާނުގެ ވެރިރަށް މުސްކަޓަށް ވަޑައިގަތީވެސް މިއަދުގަ އެވެ.
އީރާނާއި އެމެރިކާއާއި ދެމެދު މަސްރަހު ހޫނުވެފައިވަނީ އީރާން ސަރުކާރާއި ދެކޮޅަށް އެގައުމުގައި ކުރިއަށްދާ މުޒާހަރާގެ ސަބަބުން އެގައުމުގެ ބައެއް މީހުން މަރަމުން އަންނަ ކަމަށް އެމެރިކާއިން ތުހުމަތުކޮށް، އީރާނާއި ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އެމެރިކާއާއި އަޅާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އީރާނުން ބުނެފައިވަނީ އެމެރިކާއިން އެގައުމަށް ހަމަލާއެއް ދީފިނަމަ، ރައްދު ހަމަލާތައް ދޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ގާޒާގެ ރައްޔިތުންނަށް ވަގުތީ އިމާރާތްތަކެއް ތަރައްގީ ކުރަނީ
5 ގަޑިއިރު ކުރިން

ފަލަސްތީނަށް އެހީވާން 100 އަށް ވުރެ ގިނަ އުޅަނދު އެބަ ފޮނުވަން: ގްލޯބަލް ޞުމޫދް ފްލޮޓިއްލާ
5 ގަޑިއިރު ކުރިން

ޕާކިސްތާނުގައި ވަކި ޖަމާއަތް ހަދައިގެން އުޅުނު ހަނގުރާމަވެރިންގެ 216 މީހަކު މަރާލައި ހަނގުރާމަ ހުއްޓުވައިފި
5 ގަޑިއިރު ކުރިން

ރޯދަމަހު މާލެ ސަރަހައްދުން ކުނި ނަގާ ވަގުތު ބަދަލުކުރަނީ
5 ގަޑިއިރު ކުރިން


