
ދެ އަހަރުގެ ކުލި ހިޔާ ފުލެޓް ތަކުން ކަނޑާލައިފި

އައިމިނަތު ޒައިބާ - 31 މާރިޗު 2026 - 06:58
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމުގެ ގޮތުން، ދެ އަހަރު ދުވަހުގެ ކުލި ކަނޑާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭ ތަފްސީލް ހާމަކޮށް އެޗްޑީސީން މިދިޔަ ހަފްތާގައި ވަނީ ފްލެޓްތަކުގެ ވެރިންނަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައިވާ ގޮތުން، ފިނިޝިން ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ 200،000 ރުފިޔާގެ ޑިސްކައުންޓުން މިހާތަނަށް 135,714 ރުފިޔާ ނުދެވި އެބައޮތެވެ. އެހެންކަމުން، ފްލެޓް ވެރިންގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި މަހު ކުލީގެ ޖުމްލަ ފައިސާ، އެ ޑިސްކައުންޓުގެ ބާކީބައިން އުނިކުރުމަށް ވަނީ ނިންމާފަ އެވެ.
މި ނިންމުމަކީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
އެޗްޑީސީގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، 200,000 ރުފިޔާގެ ޑިސްކައުންޓު ދީ ހަމަވުމުން، ފްލެޓްގެ އަގު އެއްކޮށް ދައްކާ ހަލާސްކުރެވެންދެން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5,300 ރުފިޔާ އެވެ. މިއީ މެނޭޖްމަންޓް ފީ ނުހިމަނަ އެވެ. މިހާރު ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3,984 ރުފިޔާ އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1,000 ރުފިޔާއާ އެކު މިހާރު މަހަކު ދައްކަން ޖެހެނީ 4,984 ރުފިޔާ އެވެ.
މީގެ އިތުރުން، ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފަ އެވެ. މިއީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލީ ގޮތުން ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

އިރާނާ ދެކޮޅަށް ކުރާ ހަނގުރާމއިގައި އަރަބި ގައުމުތަކު އެހީތެރިކަމަށް ޓްރަމްޕު އެދެނީ
12 ގަޑިއިރު ކުރިން

އަދީލަށް އޭއީއެޗްގެ ސީއީއޯ ކަން ދީފި
12 ގަޑިއިރު ކުރިން

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކޮށްގެން މީހަކު ހައްޔަރުކޮަށްފި
12 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގެ ހުކުމް މިއަދު އިއްވަނީ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)