
ފޮޓޯ: އެފްބީ
އަދީލަށް އޭއީއެޗްގެ ސީއީއޯ ކަން ދީފި

މުހައްމަދު މުޝްރިފް - 31 މާރިޗު 2026 - 07:36
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހީމް ޔާސިރު އަހުމަދު ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ޢަދީލް ނަސީރު ހަމަޖައްސައިފި އެވެ.
ޔާސިރު ވަކިކޮށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ކަމަށް އަދީލް އައްޔަންކުރިކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުކަން ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗާއި މެޑިކާ ހޮސްޕިޓަލްގައި ކުރެއްވި ޔާސިރަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯކަން ދިނީ މާޗު 17، 2024ގަ އެވެ.
ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަދީލް ވަނީ މީގެ ކުރިން ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ.
ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމަށް ފަހު ޢަދީލް ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވައިފަ އެވެ. އަދި 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ވެސް ޑރ. އަދީލް ހަމަޖެއްސި އެވެ.
މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ އަދީލް ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާފަ އެވެ. ނަމަވެސް ވަކި ހިސާބަކުން އަދީލް ވަނީ ޕީއެންސީ ޕްރައިމަރީ އިންތިހާބުން އޭނާގެ ނަން އަނބުރާ ގެންގޮސްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިރާނާ ދެކޮޅަށް ކުރާ ހަނގުރާމއިގައި އަރަބި ގައުމުތަކު އެހީތެރިކަމަށް ޓްރަމްޕު އެދެނީ
9 ގަޑިއިރު ކުރިން

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކޮށްގެން މީހަކު ހައްޔަރުކޮަށްފި
10 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގެ ހުކުމް މިއަދު އިއްވަނީ
10 ގަޑިއިރު ކުރިން

އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތް ވެސް ދެނީ: ރައީސް
10 ގަޑިއިރު ކުރިން


.gif&w=3840&q=75)