logo

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގެ ހުކުމް މިއަދު އިއްވަނީ

profile

މުހައްމަދު މުޝްރިފް - 31 މާރިޗު 2026 - 07:27

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމް މިއަދު އިއްވަން ތާވަލްކޮށްފި އެވެ.

https://wamco.com.mv/

ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ.

ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާގެ ފަރާތުން އެ މައްސަލަ ހުށަހެޅީ އެ ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސްގެ ގަރާރާއި އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައި އޮތް ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެވެ.

އެ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފައިވަނީ މިއަދު މެންދުރު އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އެހެން ބައެއް މައްސަލަތައް ވެސް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަތައް ބަލައިނުގަތުމަށް އޮތީ ނިންމައިފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk