
އިރާނާ ދެކޮޅަށް ކުރާ ހަނގުރާމއިގައި އަރަބި ގައުމުތަކު އެހީތެރިކަމަށް ޓްރަމްޕު އެދެނީ

މުހައްމަދު މުޝްރިފް - 31 މާރިޗު 2026 - 07:59
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގަ އަރަބި ގައުމުތަކުގައި މާލީ އެހީތެރިކަމަށް އެދުމަށް ޓްރަމްޕް ތައްޔާރުވަމުންދާ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ހޯމަ ދުވަހު ބުނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މާލީ އެހީތެރިކަމަށް އަރަބި ދައުލަތްތަކުގައި އެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝައުޤުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ތެހެރާނާއެކު ކުރެވެމުންދާ މަޝްވަރާތައް ވެސް ނުހުއްޓި ކުރިއަށްދާކަންވެސް އޭނާ ފާހަގަކުރި އެވެ.
މި ހަނގުރާމައަށް އަރަބި ގައުމުތަކުން އެމެރިކާއަށް މާލީގޮތުން އެހީތެރި ވެދާނެތޯ ނޫސްވެރިން ސުވާލުކުރުމުން، ލީވިޓް ބުނީ ޓްރަމްޕް އަޅާ ފިޔަވަޅުތަކާ މެދު އަމިއްލަގޮތުން އޭނާ ވަކިއެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް، އެއީ ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށް އޭނާ ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މީގެ އިތުރުން ލީވިޓް ބުނީ، އީރާނުން އާންމު ކުރާ ވާހަކަތަކާއި، ސިއްރިއްޔާތުގައި އެމެރިކާގެ އޮފިޝަލުންނަށް އަންގާ މައުލޫމާތުތަކާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ. އަދި ވޮޝިންޓަނުން ހުށަހެޅި ބައެއް ކަންކަމަށް މިހާރު އީރާނުން އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ހާމަކުރި އެވެ.
ހޯމަ ދުވަހު އެމެރިކާގެ ރައީސް ރައީސް ޓްރަމްޕް ވަނީ، އީރާނުން ހުރްމުޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އެ ޤައުމުގެ ހަކަތަ އުފައްދާ މަރުކަޒުތަކާއި ތެޔޮ ވަޅުތައް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ. މި އިންޒާރު ދިނީ، އެމެރިކާއިން ހުށަހެޅި ސުލްހައިގެ ހުށަހެޅުންތަކަކީ ހަގީގަތާއި ހިލާފު ކަންތައްތަކެއް ކަމަށް ސިފަކޮށް، އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދިން ފަހުންނެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ އިން ހަނގުރާމައިގެ ކުރީކޮޅު އެ ގައުމުގެ ކޮންގްރެސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރު ވަނީ ހަރަދުވެފަ އެވެ.
މިހަނގުރާމައިގައި އިރާނުން އިޒުރޭލާ އެމެރިކާގެ އެއްވެސް ގޮވާލުމަކަށް އިޖާބަ ދޭނީ އިރާނުގެ ޝަރުތުތަށް އިސްކޮށްގެން ކަމަށް އިރާނުން ދަނީ ތަކުރާކޮށް އަންގަމުންނެވެ. އަދި އިރާނުގެ ހަމަލާތައް އިތުރަށް ދަނީ ވަރުގަދަ ކުރަމުންނެވެ. އަރަބި ގައުމުތަކުން ވެސް އެމެރިކާގެ މަދަދުގާރުންގެ ގޮތުގައި ނުތިބުމަށް އިރާނުން ވަނީ ގޮވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަދީލަށް އޭއީއެޗްގެ ސީއީއޯ ކަން ދީފި
9 ގަޑިއިރު ކުރިން

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކޮށްގެން މީހަކު ހައްޔަރުކޮަށްފި
9 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގެ ހުކުމް މިއަދު އިއްވަނީ
9 ގަޑިއިރު ކުރިން

އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތް ވެސް ދެނީ: ރައީސް
10 ގަޑިއިރު ކުރިން


.gif&w=3840&q=75)