logo

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކޮށްގެން މީހަކު ހައްޔަރުކޮަށްފި

profile

އައިމިނަތު ޒައިބާ - 31 މާރިޗު 2026 - 07:28

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

https://wamco.com.mv/

މަކާރައި ހީލަތް ހެދުމުގެ ތުހުމަތުގައި ހައްޔަތުކުރީ ހިތަދޫ، ރަންކުރި، އަލީ އައްރާފު (24އ) އެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ އެޕްރީލް 14 ވަނަ ދުވަހަށެވެ.

އޭނާ ފޭކް ސްލިޕް ހަދައިގެން ފިހާރައަކުން 2،480 ރުފިޔާގެ ވިޔަފާރިކޮަށްފައިވާކަމަށް އައިއޯ ބުނެފައިވެއެވެ.

މި މައްސަލައިގައި އަލީ އައްރާފު ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އަދި ތުހުމަތާއި ގުޅިގެން ކަމެއް ފާހަގަކުރަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި ތުހުމަތާއި ގުޅިގެން ކަމެއް ފާހަގަކުރަން ބޭނުންނުވާ ކަމަށްވެސް ބުނެފައެވެ.

މީނާ އަކީ މީގެ ކުރިންވެސް ހައްޔަރު އަދި ބަންދު ރެކޯޑް އޮތް މީހެެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk