logo

އެފްޑީސީގެ ޗެއާޕާސަން ކަމުން ނަޝްވާ ވަކިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 27 ފެބްރުއަރީ 2026 - 09:27

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) ގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނަޝްވާ ޢަބްދުﷲ އެ މަޤާމުން ވަކިކޮށްފިއެވެ.

https://wamco.com.mv/

މިކަން ހާމަކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ޕީސީބީން ބުނީ އެފްޑީސީގެ ޗެއާޕަރސަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ގ. ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ ވަކިކޮށްފައިވާ ކަމަށެވެ.

ނަޝްވާ އެ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.

އެފްޑީސީގެ ޗެއާޕާސަންގެ މަޤާމަށް ނަޝްވާ ޢައްޔަންކުރީ 8 ޖަނަވަރީ 2024 ގައެވެ. ނަޝްވާ ވަނީ މީގެ ކުރިން އެޗްޑީސީ ގެ ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk