
ކޯފް ސިރަޕް ބޭސް ސިޓީ އަކާ ނުލާ ވިއްކުން އިންޑިއާގައި މަނާކޮށްފި

މުޙައްމަދު ފަޟްލޫން - 17 ޖޫން 2026 - 09:47
ކެއްސާތީ ބޭނުންކުރާ ދިޔާ ބޭސްތަކެއް ތަގައްޔަރުވުމުގެ ސަބަބުން ކުޑަކުދިންތަކެއް މަރުވި ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑޮކްޓަރުގެ ބޭސްސިޓީއާ ނުލައި އެފަދަ ބޭސްތައް ވިއްކުން އިންޑިއާ ސަރުކާރުން މަނާކޮށްފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، 1945 ވަނަ އަހަރުގެ "ޑްރަގްސް ރޫލްސް" އަށް މިހާރު އިސްލާހު ގެނެސްފައިވާ ކަމަށެވެ.
މި ބަދަލާއެކު، މީގެކުރިން އާންމު ފިހާރަތަކުންނާއި ކުދި އަވަށްތަކުން ފަސޭހައިން ގަންނަން ލިބުނު ދިޔާ ބޭސްތައް ދެން ލިބޭނީ ހަމައެކަނި ހުއްދަދެވިފައިވާ ފާމަސީތަކުން، ރަސްމީ ބޭސްސިޓީއެއް ހުށަހެޅުމުން އެކަނި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެކުރިން އިންޑިއާގެ ގަވާއިދުތައް ތަރުތީބުވެފައި އޮތްގޮތުން، ކެއްސާތީ ބޭނުންކުރާ ސިރަޕާއި، ލޮޒެންޖަސް އަދި ގުޅަބޭސް ހިމެނެނީ ހާއްސަ އިސްތިސްނާ ލިސްޓެއްގައެވެ.
ނަމަވެސް، އަލަށް ގެނެވުނު އިސްލާހާއެކު އެ ލިސްޓުން ސިރަޕް ނުވަތަ ދިޔާ ބޭހުގެ ބާވަތްތައް ވަނީ އުނިކޮށްފައެވެ. އެހެންކަމުން، ކެއްސުމަށް ބޭނުންކުރާ ގުޅަބޭސްތައް އަދިވެސް ބޭސްސިޓީއާ ނުލައި ގަންނަން ލިބޭނެއެވެ.
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު ޑްރާފްޓް ގަވާއިދަކަށް އާންމުންނާއި ކަމާބެހޭ ފަރާތްތަކުން ދިން ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޔޫއޭއީ ގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން މަނާކޮށްފި
3 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގައި ހުރި ފްލެޓްތަކުގެ ކައިރީގައި ކޮމާޝަލް އޮފީސް އިމާރާތެއް އަޅަނީ
3 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ ފޭސް 1 ގެ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
3 ގަޑިއިރު ކުރިން

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)