
ސަރުކާރުގެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސް އެކަށައަޅުއްވައިފި

މުޙައްމަދު ފަޟްލޫން - 22 ޖޫން 2026 - 11:32
ދައުލަތުގެ ލާބަޔާއި މަންފާއަށްޓަކައި، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަވާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން އާއްމު ކުރި ގަރާރަކީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ކަނޑައަޅާ އިޤްތިޞާދީ، އިޖުތިމާޢީ ނުވަތަ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތުތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކަށް ކުރަންޖެހޭ އެންމެ މަދު އިންވެސްޓްމަންޓްގެ މިންވަރު ކޮންމެ އަހަރަކު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުން ލާޒިމުކުރާތީ ނެރުއްވާފައިވާ ގަރާރެކެވެ.
މި ގަރާރުގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކުގެ އިތުރުން، ދާޚިލީ ސަލާމަތާއި ދިފާޢީ ކަންކަމާއި، ޓެކްނޮލޮޖީގެ ދާއިރާއާއި، ބިނާރާއި ގެދޮރުވެރިކަމުގެ އިތުރުން ޢުމްރާނީ ތަރައްޤީގެ ދާއިރާތަކުން ހިންގާނެ މުހިންމު މަޝްރޫއުތައް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ދުޅަހެޔޮކަމުގެ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި، ތިމާވެށި އަދި ހަކަތައާ ގުޅުންހުރި މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް މިންވަރުތައްވެސް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރީޓޮޕުން ލ. އަތޮޅުގައި މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕް ކުރިއަށް ގެންގޮސްފި
2 ގަޑިއިރު ކުރިން

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވެއްޖެ
2 ގަޑިއިރު ކުރިން

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު، ވަގުތީ ގޮތުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އިމާމުން އިތުރުކުރުމަށް ޢާއްމު އިމްތިޙާނެއް ތަޢާރަފްކުރަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)