logo

އިޤްތިސާދާއި އާބާދީގެ މަޢުލޫމާތު ބަލާލެވޭ ޕޯޓަލްއެއް ސްޓެޓްސް ބިއުރޯއިން ތަޢާރަފްކޮށްފި

profile

އާމިނަތު ޝަޒްލާ - 21 ޖުލައި 2026 - 10:41

ރާއްޖޭގެ އިޤްތިސާދާއި އާބާދީއާ ގުޅޭ މުހިންމު ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން "އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ" ޕޯޓަލް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

https://wamco.com.mv/

މި ޕޯޓަލް އިފްތިތާޙުކޮށްފައިވަނީ ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު ވުޖޫދަށް އައުމުގެ ފަސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ޕްލެޓްފޯމަކީ ރާއްޖޭގެ އިޤްތިޞާދާއި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ތައާރަފުކުރި ބޭނުންތެރި ވަސީލަތެކެވެ.

މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ އިންފްލޭޝަނާއި، އިޤްތިޞާދީ ކުރިއެރުމާއި، އަދި އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. ވަކިން ޚާއްޞަކޮށް، ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މަޢުލޫމާތާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ކަމަށްވާ ޖީޑީޕީގެ ތަފާސްހިސާބުތަކުގެ އިތުރުން އާބާދީގެ ލަފާކުރުންތަކާ ގުޅޭ މަޢުލޫމާތުތައް "އިންޓަރެކްޓިވް" ނުވަތަ އަމަލީގޮތުން ބައިވެރިވެވޭ ގޮތަށް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ޤާނޫނީ އޮނިގަނޑު ވަނީ ވަރުގަދަ ކުރެވިފައެވެ. މި މަސައްކަތްތަކުގެ ސަބަބުން މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކަށް އިތުބާރު ހުރި މަސްދަރަކުން އަވަސްކަމާއެކު މަޢުލޫމާތު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

އެމްބީއެސް އިސްކޮށް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ބިއުރޯއަކީ މިނިސްޓްރީ އޮފް ފައިނޭންސްގެ އިރުޝާދުގެ ދަށުން ހިންގަމުންދާ މުއައްސަސާއެއް ކަމަށްވާއިރު، ބިއުރޯގެ ކަންކަމުގައި ޒިންމާވާންޖެހޭ ވުޒާރާއަކީ ވެސް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk