logo

ސަރުކާރުގެ ކުންފުނިތަކުން 14 ހާހަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން: ފައްޔާޒް

profile

މުޙައްމަދު ފަޟްލޫން - 21 ޖުލައި 2026 - 08:53

ސަރުކާރުގެ ކުންފުނިތަކުން 14 ހާހަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު އެމްޑީޕީގެ އޮޕީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވަނީ ސަރުކާރުން ނުހައްގުން ވަޒީފާތަކުން މީހުން ވަކިކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަކިކުރަނީ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ،

ވަޒީފާތަކުން މުވައްޒަފުން ވަކިކުރަނީ މި ސަރުކާރު ހިންގުމުގެ ގާބިލްކަން ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ،

އިންތިހާބާއި ދިމާކޮށް ސަރުކާރުން ވަޒީފާތަކަށް ނެގި ގިނަ މީހުންނަށް ކުރިއަށް އޮތް ތަނުގައި މުސާރަދޭނެ ވަރުވެސް ސަރުކާރަށް ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ރައިޓް ސައިޒް ކޮށް ހަރަދުކުޑަ ކުރަން ކަމަށް ބުނެ ސަރުކާރުގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދަނީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ސަރުކާރުން މުވައްޒަފުން ވަކިކުރަމުންދަނީ ވަޒީފާ އާއި ބެހޭ ގާނޫނުތަކާއި ހިލާފަށް އަދި ވަކިކުރަމުންދާ އުސޫލުވެސް މިހާތަނަށް ހާމަކޮށްދެވިފައިނުވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ނުހައްގުން މި ސަރުކާރުން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ސަރުކާރުން ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ގިނައިން ވަކިކުރަނީ އެމްޑީޕީ އަށް ނިސްބަތްވާ މުވައްޒަފުން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މިސަރުކާރުން ވަޒީފާތަކުން މީހުން ވަކި ކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި އެތައް ރައްޔިތެއްގެ ދިރިއުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk