logo

އައްޑޫ ސިޓީއަށް 1,600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންދަނީ

profile

އާމިނަތު ޝަފާ - 06 އޯގަސްޓު 2024 - 21:14

ފެނަކައިން އައްޑޫއަށް ގެންދާ ޖެނެރޭޓަރު

ފެނަކައިން އައްޑޫއަށް ގެންދާ ޖެނެރޭޓަރު

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 1,600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް 1,600 ކިލޯވޯޓްގެ ޖެެނެރޭތަރެއް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެ ފިޔަވައި އައްޑޫއަކީ އެންމެ އާބާދީ ބޮޑު އެއްސަރަހައްދު ކަމަށްވާއިރު މިހާރުވެސް ހިތަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭކަން ފެނަކައިންވެސް ފާހަގަކުރެއެވެ.

ސިޓީތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ފެނަކައިގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ދެއަހަރު ބޭނުންވާ ކަމަށާއި މިހާރު ޗައިނާ ކުންފުންޏަކާއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ެއައްޑޫގައި 18 ވަރަކަށް ޖަނަރޭޓަރު ބަހައްޓައިގެން ހިދުމަތްދެމުން އަންނައިރު ކުރީ ސަރުކާރުން އެ ޖަނަރޭޓަރުތައް ބަލަހައްޓާފައިނުވުމުން މައްސަލަ ހައްލުކުރުމަށް އިތުރަށް ދަތިވެފައިވާކަމަށް ފެނަކައިން ބުނެއެވެ.

tel:+9607331319