logo

ހުޅުމާލެއިން 50 އެއްހާ ބިން ނުހައްގުން ދީފައި އެބަހުރި - ފަޒުލް

profile

އަހުމަދު ޒަލީފު - 04 މާރިޗު 2024 - 20:23

---

---

ނިމިދިޔަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނުހައްގުން ހުޅުމާލެއިން 50 ބިން އެކި ފަރާތްތަކަށް ދީފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ އެޗްޑީސީއާ ހަވާލުވުމަށްފަހުގައި އެންމެ ފުރަތަމަ ބެލީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަަށް ފަސޭހަ ހިދުމަތްތަކެއް ދިނުމަށް ކުރެވެން ހުރީ ކޮން މަސައްކަތެއްތޯކަމަށެވެ. ދެން ބެލީ ހުޅުމާލެ ބިންތަކަށް ވެފައި ހުރި ގޮތް ކަމަށެވެ.

"އެޗްޑީސީއާ ހަވާލުވިއިރު ހުޅުމާލޭ އެކަކާއި ދޭކާ، ނުހިއްކާ އޮތްތަނުން ވެސް 50 ބިން ވަނީ އެކި އެކި މީހުނަށްދީ ހަލާސްކޮށްލާފައި. ވިޔަފާރި އުސޫލުންނާއި ނުހައްގުން ދީފައިވާ ވަރަށް ބައިވަރު ބިންތަކެއް އެބަހުރި." ފަޒުލް ވިދާޅުވިއެވެ.

މި ވާހަކަ ރައްޔިތުންނާއި ހަމައަސް ނުގެނެސް ކުރިއަށް ދެވެން ނެތް ކަމަށާއި ކުރިއަށް އޮތްތާއި ނުހައްގުން ބިން ދީފައިވާ ފަރާތްތަށް ވެސް ހާމަކުރާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"ބިންވެރިޔާގެ ކަންތައްތަކުގައި ދިޔައިރުގައި ޕްލޮޓްތައް މި އަރަނީ ޖެހިގެން ހުރި ފަރުބަދައަށް. ހިލަ ފަރުބަދަ ނޫނީ ވެލި ފަރުބަދައަށް މި އަރަނީ. ދެން އަޅުގަނޑު ކައިރީގައި ނޫހަކުން މި އަހަަނީ ކީއްވެގެންތޯ ބިންތައް ނުދެވިގެން އުޅެނީ. ކިހިނެތް އަޅުގަނޑު ދޭނީ. އެތަން ހުސްކޮގެންތާ އަޅުގަނޑަށް ދެވޭނީ. ރީލޮކޭޓްކޮށްގެން ނޫން ގޮތަކަށް މިކަން ކުރެވޭކަން ނެތް." ފަޒުލް ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319