logo

އެޗްޑީސީގައި 10 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް: ފަޒުލް

profile

އަހުމަދު ޒަލީފު - 07 މާރިޗު 2024 - 11:05

އާބަންކޯގެ އެމްޑީއަކަށް ހަމަޖައްސާފައިވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު

އާބަންކޯގެ އެމްޑީއަކަށް ހަމަޖައްސާފައިވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު

އެޗްޑީސީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ވ. ފެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ކުންފުނީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ކުންފުނި އެ ހާލަތަށް ގެނައުމަށްޓަކައި ޒިންމާވާންޖެހޭ މީހުން ވާ ކަމަށެވެ.

"ކުންފުނީގެ ހާލަތަކީ ރަނގަޅު ހާލަތެއް ނޫން، ކުންފުނީގެ ދަރަންޏަކީ 10 ބިލިއަން ރުފިޔާ، މި ދަރަނި ހިންގި ބަޔަކު ނުވަތަ މި ދަރަނި މިހާ ހިސާބަށް ގެނުވި ބަޔަކު އެބަވޭ، މިކަންކަމަށްޓަކައި ޒިންމާ އަދާކުރަންޖެހޭ ބަޔަކު އެބަތިބި" ފަޒުލް ވިދާޅުވިއެވެ.

މި ކަމާއި ގުޅިގެން އޮޑިޓް ރިޕޯޓްތައް ހަދަމުންދާ ކަމަށާއި އޮޑިޓް ރިޕޯޓްތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކާއި ހިއްސާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އަބުރު ކަތިލިކަމުގައިވީނަމަވެސް ހިއްސާ ކުރަންޖެހޭ ފަރާތްތަކާއި މި އޮޑިޓް ރިޕޯޓްތައް ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

800 މިލިއަނެއްހާ ރުފިޔާ ކުންފުންޏަށް ވަންނަން ޖެހޭ ކަމަށާއި އެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ފާއިތުވި ސަރުކާރުން ކޮށްފައިނުވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"800 މިލިއަނެއްހާ ރުފިޔާ ކުންފުންޏަށް ހޯދަންޖެހޭ، އަންނަން ޖެހޭ އެކަމަކު ފާއިތުވި ފަސް އަހަރު މި ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ހިތާމަޔާއެކު ފާހަގަކުރަންޖެހޭ" ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީގެ މަސައްކަތަކީ ބުރަ މަސައްކަތަކަށްވީ ނަމަވެސް ހަވާލުވެ ހުރި މަޤާމުގެ މަސްއޫލިއްޔަތުގެ ތެރެއިން ދިމާލަށް އަންނަ ކޮންމެ ގަލަކުން ރެކެން ހުރީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މީހަކު ދައްކާ ވާހަކައަކަށް، ބިރަކަށް ހަޤީޤަތް ހާމަނުކުރާނެ މީހެއް ނޫން. އަޅުގަނޑު ހުއްޓުވަން ޒާތީ މައުލޫމާތު އާންމުކުރިޔަސް އަޅުގަނޑަކީ ފަހަތަށް ޖެހޭނެ މީހެއް ނޫން. ހީނުކުރައްވާތި އަޅުގަނޑުގެ ވާހަކަތައް ހުއްޓުވިދާނެ ކަމަށް، އަޅުގަނޑުގެ އަޒުމާއި ކެތްތެރިކަން މާ ވަރުގަދަ" ފަޒުލް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319