logo

އާބަންކޯގެ އެމްޑީއަށް އޮންލައިންކޮށް ސުވާލު ހުށަހެޅޭނެ!

profile

އަހުމަދު ޒަލީފު - 07 ޑިސެމްބަރު 2023 - 11:54

އާބަންކޯގެ އެމްޑީއަކަށް ހަމަޖައްސާފައިވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު

އާބަންކޯގެ އެމްޑީއަކަށް ހަމަޖައްސާފައިވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު

އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި ކުރަން ބޭޏުންވާ ސުވާލުތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް އާބަންކޯއިން ހަމަޖައްސައިފިއެވެ.

އާބަންކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުންނާއި ވިޔަފާރި ތަކުން ފަޒުލްއަށް ފޮނުވަން ބޭނުންވާ ސުވާލުތައް ނުވަތަ ފީޑްބެކާއި ކަންބޮޑުވުންތައް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މިހާރު އޮންލައިންކޮށް ކުރެވޭނެ ކަމަށެވެ.

އެގޮތުން ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ސީދާ ފަޒުލްއަށް ސުވާލުތައް ފޮނުވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފަޒުލް ދަނީ ހާމަކަން ބޮޑު ގޮތެއްގައި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ފިޔަވަޅެއް އަޅަމުންނެވެ. އެހެންކަމުން އޮންލައިންކޮށް ހުށަހެޅޭ ސުވާލެއް، ފީޑްބެކެއް ނުވަތަ ޝަކުވާއެއް ކުރުމުން އެކަމަށް އެބޭފުޅާ ޖަވާބުދާރީ ވެލައްވާނެއެވެ.

ފްލެޓްތަކާއި ގުޅިގެން ގިނަ ރައްޔިތުން ދަނީ ޗަކުވާތައް ހުށަހަޅަމުންނެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް މި ޕޯޓަލްއަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ފަޒުލް ދަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ވީހާވެސް އަވަހަށް އެކަންތައް ހައްލުކުރެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އިއްޔެވެސް ފަޒުލް ވަނީ ހުޅުމާލެއަށް ވަޑައިގެން އެތާނގައި އަޅާފައިވާ ފްލެޓްތަކުގެ ހާލަތު ބައްލަވާފައެވެ.

https://int.etukuri.mv/
tel:+9607331319