logo

ހިޔާ ފްލެޓް ނިންމަން ދިޔަ ޚަރަދު ލިބޭނެ - ފަޒުލް

profile

އަހުމަދު ޒަލީފު - 29 ނޮވެމްބަރު 2023 - 14:23

އާރބަންކޯގެ އެމްޑީ ފަޒުލް ރަޝީދު

އާރބަންކޯގެ އެމްޑީ ފަޒުލް ރަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ހިޔާ ފިނިޝިންގް މަސައްކަތަށް ދޭން ބުނި ބަދަލު ލިބޭނެ ކަމަށް އަބަންކޯގެ އައު މެނޭޖިންގް ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ކުރިން ޕީޕީއެމް ސަރުކާރުގައި އަޅަން ފެށި ހިޔާ ފްލެޓުތައް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހަވާލުކޮށްފައިވަނީ ފިނިޝިން މަސައްކަތް ނުނިންމައެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ފިނިޝިޕް މަސައްކަތް ނިންމުމަށް ހިމެނިފައި ނެތް ކަމަށެވެ. އެހެންވެ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް އެތަނަށް ވަން ފަރާތްތަކުން ކޮށްފައިވަނީ އަމިއްލަ ޙަރަދުގައެވެ.

މިކަމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފިނިޝިން މަސައްކަތަށް ޚަރަދުވި ފައިސާގެ ބަދަލުގައި ކޮންމެ ފްލެޓެކަަށް 200،000ރ. ދޭނެ ކަމަށެވެ.

ނަމަމަވެސް މި ފައިސާ ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށް، ސޯޝަލް މީޑިއާގައި ވަނީ ފެތުރެން ފަށާފައެވެ. މިކަމާއި ގުޅިގެން އާބަންކޯއަށް މިއަދު އައްޔަން ކުރެވުނު މި ދައުރުގެ މަޖިލީހުގައި ފެލިދޫ ދައިރާގެ މެންބަރުކަން ކުރެއްވި ފަޒުލް ރަޝީދު ވިދާޅުވީ، ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ފައިސާ ހިޔާ ފްލެޓުގެ ވެރިންނަށް ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި ނުދޭން ނިންމާފައިވާ ވާހަކައަކީ ހަޤީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި މިފައިސާ ދޭން ނިންމާފައިވާއިރު، ފައިސާ ދޭނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ. ހިޔާ މަޝްރުޢޫގެ ދަށުން 7000 ޔުނިޓު އިމާރާތް ކުރި ނަމަވެސް ސޯޝަލް ހައުސިންގް އަށް ދޫކޮށްފައިވަނީ 6720 ޔުނިޓެވެ. އެހެން ކަމުން ފްލެޓަކަށް 200،000ރ. ގެ މަގުން ބަލާ ކަމަށް ވަންޏާ ބަދަލު ދިނުމަށް 1.3 ބިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

https://wamco.com.mv/
tel:+9607331319