logo

ސްޓޭންޑް ބަދަލުކޮށް އައު މެނޭޖުމަންޓުން އާރްޓީއައިއަށް މައުލޫމާތު ދޭނެ: އެޗްޑީސީ

profile

އާމިނަތު ޝަފާ - 14 ފެބްރުއަރީ 2024 - 21:06

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ އާރުޓީއައި ގާނޫނުގެ ދަށުން ޖަވާބުދާރީވާންޖެހޭ ތަނެއް ނޫން ކަމަށް ބުނެ މައުލޫމާތު ހިފަހައްޓަމުން އައި އުސޫލު ބަދަލުކޮށް މައުލޫމާތުތައް ފޯރުކޮށްދޭން އައު މެނޭޖުމަންޓުން ނިންމައިފިއެވެ.

އެޗްޑީސީން މިގޮތަށް ނިންމިކަން ހާމަކުރީ އެ ކުންފުނިން މައުލޫމާތު ހޯދަން ހުށަހެޅި ހުށަހެޅުންތަކަށް ޖަވާބުދާރީ ނުވާ މައްސަލަތަކެއްގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބޭއްވި އަޑުއެހުންތަކުގެ ތެރެއިން އަޑުއެހުމެއްގައެވެ.

" މިކޮޅުގެ ގާނޫނީ ލަފާދޭ ޓީމުގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން ކުރީގެ މެނޭޖުމަންޓުން ހިފަހައްޓާފައި ހުރި މައުލޫމާތެއް އެއީ.ނަމަވެސް މެނޭޖުމަންޓު ބަދަލުގެ އައު މެނޭޖުމަންޓުގެ ސްޓޭންޑަކީ އެއްވެސް މައުލޫމާތެއް ނުހިފަހައްޓާ ދޭން ޖެހޭ މައުލޫމާތެއް އެ ހުށަހެޅި ފަރާތަކަށް އެކަށީގެންވާ ގޮތަކަށް ފޯރުކޮށްދިނުން". އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މިމްރާހު

އެޗްޑީސީގެ ފަރާތުން ބުނީ ރައްޔިތުންނާ ގުޅޭ މުހިންމު މައުލޫމާތުތައް ހޯދަން ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ފޯރުކޮށްދެވިގެންދާނެކަމަށެވެ.

އެޗްޑީސީން މައުލޫމާތު ދޭން ނިންމިއިރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނުވަތަ އާރުޓީއައިގެ ދަށުން ބައެއް ކުފުންފުނިތަކުން އަންނަނީ މައުލޫމާތު ދޭން ދެކޮޅު ހަދަމުންނެވެ.

https://int.etukuri.mv/
tel:+9607331319