
އީސީގެ ރައީސް ފުޢާދާއި މެމްބަރުން
މަޖިލިސް އިންތިހާބުގައި އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން

އަހުމަދު ޒަލީފު - 17 ފެބްރުއަރީ 2024 - 11:19
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝނަުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 42 އަންހެނުންނާއި 326 ފިރިހެނުން ކަމަށް ހަބީބް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބަށް އަމިއްލަ ގޮތުން 130 ކެނޑިޑޭޓަކު ވާދަކުރާއިރު، ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އެމްޑީޕީންނެވެ. އެޕާޓީން ވަނީ 90 ކެނޑިޑޭޓަކު އިންތިޚާބަށް ނެރެފައެވެ.
އަންނަ މާޗު 17 ގައި ބާއްވާ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް ދިން 14 މުއްދަތު އިއްޔެ ހަމަވިއިރު 93 ދާއިރާއަށް 381 ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާޢީލު ޙަބީބް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތަކުގެ ތަރުތީބާއި އެކި ދާއިރާތަކަށް ވާދަކުރާ ފަރާތްތަކުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާންކުރަން ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން