logo
މިނިސްޓަރ އިމްރާން އަސްލުޓީވީގެ "ދީލާ ނުލާށޭ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ

މިނިސްޓަރ އިމްރާން އަސްލުޓީވީގެ "ދީލާ ނުލާށޭ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ

މުއްތަލިބް އެއުޅެނީ މަޖިލިސް ނަޖިސް ކުރަން: އިމްރާން

profile

ރިޟްވާން މޫސާ - 20 ނޮވެމްބަރު 2026 - 12:56

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މަޖިލީހުގެ މަސައްކަތްތައް ބަންދުވެފައި ވަނިކޮށް ހައުސިން މިނިސްޓަރ ޑރ އަބުދުﷲ މުއްތަލިބް ކަޅު ދަބަހެއް ހިއްޕަވައިގެން ވަޑައިގަތުމުން އެ އަމަލަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ނަޖިސް ކުރުމަށް ހިންގި ހަޑި އަމެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

"ދީލާ ނުލާށޭ" މި ނަމުގައި "އަސްލުޓީވީ"ން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މިއަދުގެ ޕްރޮގްރާމުގެ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ބަންދުކޮށްފައި ނުވަތަ މަސައްކަތައް މެނދުކަނޑާލާފައިވާ ވަގުތެއްގައި ޙާއްސަކޮށް ރޭގަނޑު ދަންވަރުގެ ވަގުތުގައި މަޖިލީހުގެ އިދާރާ އަށް ވަންނާނީ ވަކި ބަޔަކު ބޭނުންވާ ވަކި ކަމެއް ހާސިލްކުރަން ކަމަށެވެ.

އިމްރާން ވިދާޅުވީ މިނިސްޓަރ މުއްތަލިބް ކަޅު ދަބަސް ހިއްޕައިގެން މަޖިލީހުގެ އިދާރާ އަށް ވަޑައިގެންނެވީ އާރަށުން ކަމަށާއި، އެހެން ނަމަވެސް މުއްތަލިބް އެ ވިދާޅުވެލައްވާ "ކުޅޭ ސާމާނު" އެދަބަހުގައި ހުރި ކަމަށް ގަބޫލުކުރެއްވެނީ ކޮން ބަޔަކަށްތޯ ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނަކީ ވެސް މީގެ ކުރިން ވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއްކަން ވެސް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ "ސީދާ ސާފުކޮށް އެދަބަހުގައި ހުރީ ކިހާ ފައިސާއެއް ކަމެއް ނޭނގޭ ކަމަށާއި، ނަމަވެސް ދަބަހުގައި ހުރީ ކުޅޭ ސާމާނު ނޫން" ކަން ރަނގަޅަށް ވިސްނާލުމުން ވެސް އެނގޭ ކަމަށާއި، އަމިއްލަ ފައިދާ އަށް މިފަދަ އަމަލު ހިންގުމަކީ މަޖިލިސްގެ އިދާރާ ނަޖިސް ކުރުން ކަމަށެވެ.

ރަސްމާލެ އިން ބޮޑު ސަރަހައްދެއް ދިނުމާއި ދެކޮޅަށް މެޖޯރިޓީ ރައްޔިތުން މިއަދު ނޫނެކޭ ބުނަމުންދާކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ނަހަމަ ގޮތުގައިބޭނުންކުރައްވައިގެން އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު ބޭނުންވާފަދަ ގޮތަކަށް ގާނޫނު ތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދާ ކަމަށާއި، ރާއްޖެއިން އެއްވެސް ސަރަހައްދެއް ބޭރުގެ ބަޔަކަށް މިފަދަ ގޮތަކަށް ދިނުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319