logo

މިމަހުގެ 12 ވަނަ ދުވަހު އޮންނަ އަހާ ފޯރަމަަށް ސުވާލު ހުށަހަޅަން ހުޅުވާލައިފި

profile

ޒިދާން މުޙައްމަދު - 09 މޭ 2025 - 05:09

މިމަހުގެ 12 ވަނަ ދުވަހު އޮންނަ އަހާ ފޯރަމަަށް ސުވާލު ހުށަހަޅަން ހުޅުވާލައިފިއެވެ.

https://wamco.com.mv/

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ބާއްވާ "އަހާ ފޯރަމް" އަކީ ރައްޔުތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވަ ފޯރަމެކެވެ. އެގޮތުން މިފަހަރުގެ ފޯރަމު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 12 ވާ ހޯމަ ދުވަހުގެ ރޭ 9:00 ގައި ޓީވީއެމްގެ ސްޓޫޑިއޯގައެވެ.

މިފަހަރުގެ އަހާ ފޯރަމުގައި ފަސް މިނިސްޓަރަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އަހާ ފޯރަމުގައި ބައިވެރިވާ މިނިސްޓަރުން :

  • ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން
  • އެޓާނީ ޖެނަރަލް އަޙްމަދު އުޝާމް
  • އެގްރިކަލްޗާ މިނިސްޓަރު މަރިޔަމް މާރިޔާ
  • އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު
  • ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް

މި ފޯރަމްގައި މިނިސްޓަރުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް، ސޯޝަލް މީޑީއާ އަދި ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެއެވެ.

މީގެ ކުރިން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އަހާ ފޯރަމްގެ ސިލްސިލާއެއް ބޭއްވުމަށް ހަމަޖެހުނު ނަމަވެސް އެ ތާރީހު ވަނީ ފަސްކުރެވިފައެވެ.

https://wamco.com.mv/
tel:+9607331319