
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ އަހާ ފޯރަމްގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
"އަހާ" ފޯރަމްގެ 10 ވަނަ ބުރު މިރޭ!

ޖިނާން ޙުސައިން ޖަބީން - 18 އޮކްޓޯބަރު 2026 - 13:41
ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރުންނާ ސުވާލުކޮށް ކަންކަމުގެ ހަގީގަތް އޮޅުންފިލުވުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 10 ވަނަ ބުރު މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ މިފޯރަމް އޮންނާނީ މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. މިރޭގެ ފޯރަމްގައި 3 މިނިސްޓަރުން ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފްއެވެ.
މި ފޯރަމަކީ މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނާ ހިއްސާކޮށް، ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ ޖަވާބުދިނުމުގެ މަގުސަދުގައި ބާއްވަމުން އަންނަ ފޯރަމްއެކެވެ. ސަރުކާރުން ފެށި މި ސިލްސިލާގެ ފުރަތަމަ ފޯރަމް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ބާއްވާފައިވާއިރު، މިހާތަނަށް ކާމިޔާބުކަމާއެކު މިފަދަ 9 ފޯރަމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިރޭގެ ފޯރަމްގައި ސަލްޓަން ޕާކަށް ހާޒިރުވެ މިނިސްޓަރުންނާ ސީދާ ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން ފޯރަމް ކުރިއަށްދާ ވަގުތު ސޯޝަލް މީޑިއާގައި އަދި ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ވަޒީރުންނަށް ސުވާލު ފޮނުވުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް
ވޭސްޓް މެނޭޖްމެންޓް ދާއިރާއިން ގިނަ ބަޔަކުވަނީ ޓްރެއިން ކުރެވިފައި: ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް
އަހަރެއް ކުރިން

"އަހާ" ސިލްސިލާގެ ފަސްވަނަ ފޯރަމް ބާއްވައިފި
އަހަރެއް ކުރިން

މިމަހުގެ 12 ވަނަ ދުވަހު އޮންނަ އަހާ ފޯރަމަަށް ސުވާލު ހުށަހަޅަން ހުޅުވާލައިފި
އަހަރެއް ކުރިން

އަހާގެ 5 ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ
އަހަރެއް ކުރިން


