
އަހާގެ 5 ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ

ޝުރުފާ މުހައްމަދު - 21 އޭޕްރީލު 2025 - 11:44
އަހާ ގެ ފަސްވަނަ ފޯރަމް މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.
އަހާ ފޯރަމް އަކީ ސަރުކާރުން ކުރަމުންގެންދާ މުހިއްމު މަސައްކަތްތަކުގެ ތަފްސީލްތައް ވުޒާރާތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ ރައްޔިތުންގެ ސުވާލުތަކާއި ކަންބޮޑުވުންތައް އަޑުއެހުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމްއެކެވެ.
މީގެ ކުރިން އަހާގެ 3 ފޯރަމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، މި ފޯރަމްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެނީ ޕީއެސްއެމް މެދުވެރިކޮށެވެ.
އަހާގެ ފަސް ވަނަ ފޯރަމް މި ހަފްތާގެ ހުކުރު ދުވަހުގެ ރެއަށް ތާވަލްކޮށްފައިވާއިރު، އެ ފޯރަމުގައި އެޑިއުކޭޝަން މިނިސްޓަރ، ހޯމް މިނިސްޓަރ، އެޓާނީ ޖެނެރަލް، ހެރިޓޭޖް މިނިސްޓަރ އަދި އެގްރިކަލްޗަރ މިނިސްޓަރ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 5 ވަނަ ފޯރަމެވެ.
ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑީއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އަހާ ފޯރަމް އެންމެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ ހުސްވި އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

"އަހާ" ފޯރަމްގެ 10 ވަނަ ބުރު މިރޭ!
9 ގަޑިއިރު ކުރިން
ވޭސްޓް މެނޭޖްމެންޓް ދާއިރާއިން ގިނަ ބަޔަކުވަނީ ޓްރެއިން ކުރެވިފައި: ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް
އަހަރެއް ކުރިން

"އަހާ" ސިލްސިލާގެ ފަސްވަނަ ފޯރަމް ބާއްވައިފި
އަހަރެއް ކުރިން

މިމަހުގެ 12 ވަނަ ދުވަހު އޮންނަ އަހާ ފޯރަމަަށް ސުވާލު ހުށަހަޅަން ހުޅުވާލައިފި
އަހަރެއް ކުރިން


