ވޭސްޓް މެނޭޖްމެންޓް ދާއިރާއިން ގިނަ ބަޔަކުވަނީ ޓްރެއިން ކުރެވިފައި: ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2025 - 18:16
ވޭސްޓް މެނޭޖްމެންޓް ދާއިރާއިން ގިނަ ބަޔަކުވަނީ ޓްރެއިން ކުރެވިފައިވާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރ ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރަށް ފޮނުވައިގެން ވޭސްޓް މެނޭޖްމެންޓް ދާއިރާއިން ގިނަ ބަޔަކު މިހާތަނަށް ތަމްރީން ކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލަރުންވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުނި މެނޭޖް ކުރުމަކީ ދާއިމީ ގޮތެއްގައި އެ އަންނަ ޓެކްނޮލޮޖީ އާއި އެކު ހަނދާންކޮށްދިނުން މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރިސޯޓްތަކާއި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމުގެ މުހިއްމު ކަމަކީ ކޮބައިކަން އަބަދުވެސް ކިޔައިދޭން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރެވޭނެ ގޮތްތަކަކީ ކޮބައިކަން އާއްމުންނަށް ބުނެދޭންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހާއްސަކޮށް ކުނި ވަކި ކުރުމުގައި ކުނި ވަކިކޮށް ބެހުމަކީ ކޮބައިކަން އާއްމު ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ކުރިން ގޭގެއިން ކުނި ވަކިކޮށްގެން ނެރުނު ނަމަވެސް އެކުނި ނަގައިގެން ގެންދެވޭނެ އިކުއިޕްމަންޓާއި އެ މެނޭޖް ކުރެވޭނެ ގޮތެއް ހެދިފައިނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެހުރިހާކަމެއް އެއް މޭޒަކަށް ގެނެސް ދާއިރާ އާއި ގުޅުންހުރި އެންމެންގެ މަޝްވަރާ އާއި ލަފާ ހޯދުމަށް މަގޭ ސާފު ރާއްޖޭގެ ނަމުގައި މަހާސިންތާ އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

"އަހާ" ފޯރަމްގެ 10 ވަނަ ބުރު މިރޭ!
9 ގަޑިއިރު ކުރިން

ވ. ތިނަދޫ އަދި ސ. ހުޅުދޫ ބައި-އިލެކްޝަނަށް އެމްޑީޕީން ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފި
11 ގަޑިއިރު ކުރިން

ޑިޖިޓަލައިޒޭޝަނާއެކު ސައިބަރ ކުށްތައް އިތުރުވަނީ: ސީޕީ
11 ގަޑިއިރު ކުރިން

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ސަރަހައްދީ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ
11 ގަޑިއިރު ކުރިން


