logo
ޝިއާގެ މަރުގެ ތުހުމަތު ކުރެވޭ ޝާހިލް ---

ޝިއާގެ މަރުގެ ތުހުމަތު ކުރެވޭ ޝާހިލް ---

ޝިއާގެ މަރު: ދައުލަތުގެ ހަރަދުގައި ޝާހިލަށް ވަކީލަކު އައްޔަނުކުރަން ފުރުސަތު ދީފި

profile

އަހުމަދު ޔައީޝް - 22 ޖެނުއަރީ 2023 - 14:57

ރަހުމްކުޑަ ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގާ ދައުލަތުން ދައުވާކުރާ އަލީ ޝާހިލުގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ބާއްވައިފިއެވެ.

https://wamco.com.mv/

ހ. ޝީރީން ވިލާގައި ޝިއާ ރަހުމްކުޑަކޮށް ގޮތަކަށް މަރާލާފައި އޮއްވާ ފެނިފައި ވަނީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ރޭ އެވެ. ޝިއާގެ ހަށިގަނޑު ފެނުނު ކްރައިމް ސީނުން ވަނީ ޝާހިލު ފުލުހުން ހައްޔަރުކޮށްފައެވެ. ޝާހިލަކީ ޒުވާން ސްކޭޓަރެކެވެ.

ޝިއާގެ ހަށިގަނޑު ފެނުނުއިރު ވަނީ، އަތްފައިގެ އިތުރުން ކަރުވެސް ބުރިކޮށްލާފައެވެ. ޝާހިލު ހައްޔަރުކުރި އިރު، ޝާހިލު ހުރީ މަސްތުގެ ހާލަތުގައެވެ.

މިއަދުގެ ސިއްރުން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީގުގައި ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ވަނީ ޝާހިލަށް ދީފައި ކަމަށް ކްރިމިނަލް ކޯޓުގެ އިތުބާރުހުރި މަސްދަރަކުން 'އަސްލު' ނޫހަށް ވަނީ ކަށަވަރުކޮށްފީފައެވެ.

ޖިނާއީ މައްސަލަތަކުގައި ވަކީލަކު އައްޔަނު ކުރުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުގެ ހަރަދުގައި ވަކީލަތު އައްޔަނުކޮށްދެއެވެ. އެއީ ޤާނޫނު އަސާސީން ތުހުމަތުކުރެވޭ ފަރާތްތަކަށް ދީފައިވާ ހައްގެކެވެ. އެގޮތުން ރާއްޖޭގައި ހިނގާފައިވާ ޖިނާއީ ބޮޑެތި ބައެއް މައްސަލަތަކުގައި ދައުލަތުން ވަކީލުން އައްޔަނުކޮށްދީފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، ޝިއާ މަރާލިކަން ޝާހިލުގެ މައްޗަށް ސާބިތުވާ ވަރުގެ ހެކި ލިބިފައިވާ ކަމަށެވެ.

ޝާހިލުގެ މައްޗަށް ދައުލަތުން މި މައްސަލައިގާ ޖުމްލަ ފަސް ދައުވާއެއް ކުރެއެވެ.

https://etukuri.mv/
https://www.aslu.com.mv