އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގައި ކުރިއެރުމެއް!
ޒިދާން މުޙައްމަދު - 19 ޖެނުއަރީ 2025 - 13:22
މިހިނގާ 2025 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ 18 ދުވަހާއި އަޅާބަލާއިރު މިއަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 9.9 އިންސައްތަ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް 117،532 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 106،936 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން 15،077 ފަތުރުވެރިން ޒިޔާރަތްކުރިއިރު ލިސްޓުގައި ދެވަނައަށް އޮތް އިޓަލީވިލާތުން 12،560 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ގަދަ ތިނެއްގައި ދެން އޮތް އިނގިރޭސިވިލާތުން 10،621 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 އާއި 8000 ދެމެދުގެ އަދަދަކަށް ފަތުރުވެރިން އާދެއެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 60 އިންސައްތަ އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. ބާކީ 25 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައި އަދި 2.4 އިންސައްތަ ފަތުރުވެރިން ސަފާރީތަކުގައެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން