
އަނެއްކާވެސް ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް، ރައީސްގެ ތަހުނިޔާ!

އައިޝަތު އިބްރާހިމް - 08 ފެބްރުއަރީ 2025 - 17:27
މިއަދު ކުރިޔަށް ދިޔަ ލޯކަލް ކައުންސިލްތަކުންނާއި އަންހެނުންގެ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަންގައި ގިނަ ގޮނޑިތަކެއް ވެރިކަންކުރާ މައިޕާޓީ ޕީއެންސީން ކާމިޔާބުކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަން މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާއި ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ޖުމްލަ 33 ގޮނޑި ޕީއެންސީއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައެވެ.
އަދި މީގެ ތެރެއިން އަތޮޅުގެ ކައުންސިލްގެ ރައީސް ކަމުގެ 1 ގޮނޑި ރަށު ކައުންސިލްގެ ރައީސްކަމުގެ 1 ގޮނޑި ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި މިއަދު ވެރިކަންކުރާ މައިޕާޓީ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
މިކާމިޔާބީ ލިބުމުގައި އުފަލުގައި އެމަނިކުފާނު ވަނީ ހެއްދެވި ފަރާތަށް ޝުކުރުކުރައްވާ އަދި އިންތިޚާބީންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކަށާއި، ވޯޓުގައި ބައިވެރިވި ރައްޔިތުންނަށް އެމަނިކުފާނުވަނީ ޝުކުރުއަދާކުރައްވާފައެވެ.
ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ މިހާރު އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ހުޅުވާލިއެވެ.
ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އިލެކްޝަނަކާ ނުލާ އެމެމްބަރުވަނީ ހޮވިފައެވެ. އެގޮތުން އިންތިޚާބަކާ ނުލާ 24 ގޮނޑި ޕީއެންސީންއަށް ކާމިޔާބުވެފައިވާއިރު ޖުމްލަ 33 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބީ ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ
އަހަރެއް ކުރިން

"އާ ރައީސް އިންޑިއާއި ގާތް ގުޅުމެއް ބާއްވާނެ ކަމަށް ގަބޫލުކުރެވޭ"
އަހަރެއް ކުރިން

މީގެ ފަހުން 24 ގަޑިއިރު ހުންނާނީ ޤައުމީ ދިދަ ނަގާފައި!
އަހަރެއް ކުރިން

ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމަށް ސިވިލް ރައިޓްސް ވުޒާރާ އުފައްދައިފި
އަހަރެއް ކުރިން