
ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ އުރީދޫގެ ޕްރޮމޯޝަން ނިންމާލައިފި

މުޙައްމަދު ހަފީޒް - 26 ޖެނުއަރީ 2025 - 03:07
އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިމިއްޖެއެވެ.
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.
ހޮންޑާ ރިބެލްގެ ނަސީބުވެރިޔަކަށް އިބްރާހިމް އަފްރާ ހޮވި، ހުޅުމާލެ ރުއްގަނޑުގައި ބޭއްވުނު ކުލަގަދަ ޝޯވއެއްގައި މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމު ވަނީ ހަވާލުކޮށްފައެވެ. މި ޕްރޮމޯޝަނުގައި އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ވަނީ ދޫކޮށްފައެވެ.
އުރީދޫގެ ޕްރޮމޯޝަން ނިންމުމުގެ ހަފްލާ
31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
ލިބުނު ސައިކަލުތަކުގެ ތެރޭގައި ހިމެނެނީ:
- އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
- އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
- ޕީސީއެކްސް160 (ކަޅު ކުލަ)
އެ ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރު ދޫކުރީ ރެބެލް 300 (ކަޅު) ސައިކަލެކެވެ.
އުރީދޫގެ ޕްރޮމޯޝަނުގައި ހޮންޑާ ރެބެލް ލިބުނު ފަރާތް
އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވެއެވެ. އަދި އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހެއެވެ.






