logo

ތެދު ހަގީގަތަަށް ކޮންމެ އެއްޗެއް ވެސް ލިޔެވޭނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2025 - 13:43

ތެދު ހަގީގަތަަށް، ހަމަތަކާއި އުސޫލު ތަކުގެ ތެރެއިން ކޮންމެ ވާހަކައެއް ދައްކައި ކޮންމެ އެއްޗެއް ވެސް ލިޔޭވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންނާއެކު ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހީންނަކީ މުސްލިމުން ކަމުން ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި ލިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރަން ބާރުއަޅުއްވައި އެކަމަށް ގޮވާލައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވީމާ، ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ ޢިއްޒަތެއް ލިބިގެންވާ، އަބުރެއް ލިބިގެންވާ ފަރާތެއްކަން ކަނޑައެޅީ އެކަމަނިކުފާނު ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން ކަނޑައެލުއްވީ މާތް ﷲ ކަމަށެވެ. އެހެން ކަމުން ، އެ އަބުރު ރައްކާތެރި ކުރުމަކީ އެއީ ކޮންމެ މީހެއްގެ ވެސް ހައްގެއް އަދި އަނެކާގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ މިފަދަ ގައުމެއްގައި ބަހުސްކުރަން ވެސް ޖެހޭ ކަމެއް ނޫން ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަމަތަކާއި، އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކެން އޮންނާނެ ކަމަށެވެ. އަދި ބޭނުން ވާހަކައެއް ދައްކަންވީ ކަަމުގައި ވިދާޅުވި އެވެ.

ތެދު ހަގީގަތާ އެއްގޮތަށް ހަމަ ކޮންމެ ވާހަކައެއްވެސް ދެއްކޭނެ ކަމަށާއި ކޮންމެ އެއްޗެއްވެސް ލިޔެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަގީގަތާ އެއްގޮތަށް ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ކުރިއޭޓް ކުރެވޭނެ. ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި، އެއްވެސް ބެލުމެއްނެތި، ތެދު ހަގީގަތެއް ނެތް ދޮގުވާހަކަތައް ފެތުރުން އެއީ ހަމަ ޔަގީނުންވެސް މި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން, ކަމަށް ރައީސް ވިދާޅުވި އެވެ.

ތެދު ހަބަރު ފެތުރުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ރައީސް ވާހަކަފުޅު ދައްކަވާފައިވާއިރު، މީޑިއާ ރެގިއުލޭޓް ކުރުމާއި ބެހޭ ބިލު އިއްޔެ ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay