logo

ފޯޅަވައްސާ ތާރީޚީ ގޮތުން އެންމެ ބޮޑަށް ގުޅިފައިވަނީ ދިވެހިރާއްޖެ: ރިފޯމް ޕާޓީ ލީޑަރ ނިގެލް

profile

މުޙައްމަދު ފަޟްލޫން - 25 ފެބްރުއަރީ 2026 - 18:40

ފޯޅަވައްސާ ތާރީޚީ ގޮތުން އެންމެ ބޮޑަށް ގުޅިފައިވަނީ ދިވެހިރާއްޖެ އާ ކަމަށް ރިފޯމް ޕާޓީގެ ލީޑަރ ނިގެލް ފަރާގް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ވާހަކަ ދައްކަވަމުން ނިގެލް ވިދާޅުވީ ވިޔަފާރީގެ ގޮތުންނާއި އާސާރީ ގޮތުން ބެލިކަމުގައި ވިޔަސް ފޯޅަވަހި ބޮޑަށް ގުޅެނީ ދިވެހިރާއްޖެ އާއި ކަމަށެވެ.

ފަރަންސޭސިން ފޯޅަވަހި މޮރިޝަސް އަށް ދޭން ނިންމާފައިވާކަން ފާހަގަކޮށް ނިގެލް ވިދާޅުވީ ފޯޅަވަހި ނުވަތަ ޗާގޮސް އައިލެންޑްސް ގެ ރަށްތަކަށް ފަރަންސޭސީން ކުރި ހަމައެކަނި ކަމަކީ ދިވެހި ބަހުން ކިޔައި އުޅުނު ނަންތައް ބަދަލުކޮށްލުން ކަމަށެވެ. އެހެންކަމުން، ތާރީޚީ ގޮތުންވިޔަސް ނުވަތަ ސަގާފީ ގޮތުންވިޔަސް، އެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާ ކުރުމުގެ އެއްވެސް އުސޫލެއް ނުވަތަ ބިނާއެއް މޮރިޝަސްއަކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން މިކަމާ ކަންބޮޑުވާ މައިގަނޑު ދެ ސަބަބެއް އެބައޮތް ކަން ފާހަގަކޮށް ނިގެލް ވިދާޅުވީ ފުރަތަމަ ސަބަބަކީ، ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މި ސަރަހައްދުގައި އޮތް ހަމަޖެހުމެވެ. މި މުއާހަދާ މިގޮތަށް ކުރިއަށް ގޮސްފިނަމަ، އިންޑިއާއާއި ޗައިނާއާ ދެމެދު މި ސަރަހައްދުގެ ބާރުވެރިކަން ހޯދުމުގެ ކުރިމަތިލުންތަކެއް ފެށިގެންދާނެ ކަމަށާއި އަދި މިކަން މިހާރު ވެސް ވަނީ ފެށިފައިވާ ކަމަށް ނިގެލް ވިދާޅުވިއެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިން ހޯދުމަށް އައިސީޖޭ އަށް ރާއްޖެއިން ރައްދު ދައުވާއެއް ހުށަހެޅުމާ ވަރަށް ގާތްވެފައިވާ ކަމަށް ނިގެލް ވިދާޅުވިއެވެ.

ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު އޮތް ބަޔަކީ މޮރިޝަސް ނޫން ކަމަށާއި، އެއީ ދިވެހިރާއްޖެ ކަމަށް ބުނެ ރާއްޖެއިން ވަރަށް އަވަހަށް އައިސީޖޭ އަށް ރައްދު ދައުވާއެއް އުފުލަން ތައްޔާރުވަމުންދާ ކަމަށް ނިގެލް ވިދާޅުވިއެވެ. އޭނާ ވަނީ ޗާގޮސްގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސް އަށް ދޭން ނިންމި ނިންމުން މިހާރުން މިހާރަށް މަޑު ޖައްސާލަން އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk