logo

އެންސްޕާއިން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް ހުސްވި މަހު 15 މިލިއަން ހަރަދުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 25 ފެބްރުއަރީ 2026 - 14:57

ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ އެކަނިވެރި މައިންނާއި ބަފައިންނަށް މިދިޔަ މަހު 15 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

https://wamco.com.mv/

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެރި މައިންނާއި ބަފައިން ހިމެނޭހެން 2974 ފަރާތަކަށް މާލީ އެހީތެރިކަން ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

މިދިޔަ މަހު އަލަށް އެކަނިވެރިންނާއި ބަފައިންގެ ގޮތުގައި 99 ފަރާތެއް ރަޖިސްޓްރީކުރި އިރު އަލަށް 191 ކުޑަކުދިން ރަޖިސްޓްރީ ކުރި ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.

އެގޮތުން ޖުމްލަ 3066 ކުޑަކުއްޖަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިން އިރު މިދިޔަ މަހު ޖުމްލަ 15.2 މިލިއަން ރުފިޔާ އެކަނިވެރިންނާއި ބަފައިންނަށް ހަރަދުކުރި ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވެންސް އެންސްޕާއިން ބޮޑުކުރީ މިދިޔަ މަހުން ފެށިގެންނެވެ. އެގޮތުން ކުރިން ކޮންމެ ދަރިއަކަށް 1،000 ރުފިޔާ ލިބޭގޮތަށް އޮތް އޮތުން މިހާރު ވަނީ 3،000 ރުފިޔާއަށް ބަދަލު ކޮށްފައެވެ. އަދި ހަތަރު ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަ ގިނަވެގެން މިހާރު ދޭނީ 12،000 ރުފިޔާއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk