
ފުލުހުންގެ މުއައްސަސާއަށް ނަވީންކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށްފި

މުޙައްމަދު ފަޟްލޫން - 25 ފެބްރުއަރީ 2026 - 18:40
ކުރީގެ ޕޮލިސް ކޮމިޝަނަރ އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތާއި އެ މުއައްސަސާއަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެކަމުގެ ޝަރަފުގައި ރަސްމީ ޖަލްސާއެއް ބާއްވައިފިއެވެ.
ނަވީން ފުލުހުންގެ ހިދުމަތަަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަން ކުރުމަށް ބޭއްވުނު ހަފްލާ ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހްސާން އެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ނަވީން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން އޭނާގެ ހިދުމަތުގެ އަގުވަޒަން ކުރުމަށް ބޭއްވުނު ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އިސްރޭންކްތަކުގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
ރަސްމިއްޔާތުގައި ވަނީ ކޮމިޝަނަރ ނަވީންގެ ދިގު ޚިދުމަތުގެ ދައުރުގައި އޭނާ ދައްކާފައިވާ ހަރުދަނާ ލީޑާޝިޕާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެވަޑައިގެންފައިވާ ގުރުބާނީތަކުގެ ހަނދާންތައް އާކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ވަނީ، ނަވީން އެ ޚިދުމަތުން ވަކިވެވަޑައިގެން ދިރިއުޅުމުގެ އާ މަރުހަލާއެއް ފަށްޓަވާއިރު، އެ މަނިކުފާނު ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތަކަށް ޝުކުރު ދަންނަވައި އުފާވެރި ބާއްޖަވެރި މުސްތަގުބަލަކަށް އެދިފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ނަވީން ރިޓަޔަރ ކުރެއްވީ މި ހިނގާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރިޓަޔަރ ކުރެއްވި އިރު ނަވީން ވަނީ 32 އަހަރު މެދުނުކެނޑި ފުލުހުންގެ ހިދުމަތުގެ އެކި އެކި ރޭންކްތަކާއި މަގާމްތަކުގައި މަސައްކަތް ކުރައްވާފައެވެ.
ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނު ކުރެއްވީ 10 ޖޫން 2025 އެވެ.
މަގާމަށް އައްޔަނު ކުރެއްވުނު އިރު ނަވީން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަގާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަގާމު ފުރުއްވާފަ އެވެ.
ނަވީން އަކީ މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެއްވި ދެ ވަނަ ބޭފުޅާއެވެ.
ގުޅުން ހުރި ޙަބަރުތައް

ފޯޅަވައްސާ ތާރީޚީ ގޮތުން އެންމެ ބޮޑަށް ގުޅިފައިވަނީ ދިވެހިރާއްޖެ: ރިފޯމް ޕާޓީ ލީޑަރ ނިގެލް
2 ގަޑިއިރު ކުރިން

އެންސްޕާއިން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް ހުސްވި މަހު 15 މިލިއަން ހަރަދުކޮށްފި
5 ގަޑިއިރު ކުރިން

ކުވެއިތު ސަރުކާރުގެ އިސްވެރިންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
5 ގަޑިއިރު ކުރިން

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)