logo
ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މަސްތުވާ ތަކެއްޗާއިއެކު ނިލަންދޫން ގިނަ ބަޔަކު ހައްޔަރުކޮށްފި

profile

އައިޝަތު އިބްރާހިމް - 18 އޯގަސްޓު 2025 - 11:35

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ. ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން، އެ ވަގުތު އެގޭގައި ތިބި ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ / ދޫގަސް، ޢުމުރުން 19 އަހަރުގެ މުޙައްމަދު ވިސާލު އާއި، ލ.ގަން، ތުނޑި. ހެދޭކުރި، އުމުރުން 22 އަހަރުގެ މުޝްހަފް މުފީދު އާއި، ނ. ލަންދޫ / ފިނިވާގެ، އުމުރުން 20 އަހަރުގެ އިބްރާހީމް ލޫޠް އާއި، ތ. ގުރައިދޫ / ފަޒާ، އުމުރުން 21 އަހަރުގެ ޢަލީ ނަވާފުއާއި، ސ. ހިތަދޫ / ގާފިލާ، އުމުރުން 20 އަހަރުގެ އަޙްމަދު އަބާން ޢަލީ އާއި، ހދ. ނޮޅިވަރަންފަރު / އަންނާރުގެ، އުމުރުން 20 އަހަރުގެ ޢަބްދުﷲ ލައިޝަމްއާއި، ސ. މީދޫ /ޝީން ، އުމުރުން 20 އަހަރުގެ އަޙްމަދު ޢުޘްމާން އާއި، މާލެ / ދަފްތަރު ނަންބަރު ދރ 1438، އުމުރުން 26 އަހަރުގެ އިބްރާހީމް ނައްފާޒް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 9 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ދޫކޮށްލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އުމުރުން 19 އަހަރުގެ މުޙައްމަދު ވިސާލު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެންތިބި 7 މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެސް މި މަހު 16 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުމަތިން ފ. ނިލަންދޫ / ޝަބްނަމުގެ، އުމުރުން 19 އަހަރުގެ މުޙައްމަދު މާނިޢު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މާނިޢުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި 2 މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހްގީގުކުރަމުންދާ ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://www.aslu.com.mv