logo
ޙާފިޒުކަމުގެ ތާޖު ލިބުނު ކުއްޖަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް

ޙާފިޒުކަމުގެ ތާޖު ލިބުނު ކުއްޖަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް އަންނަ މަހުން ފެށިގެން ޙާފިޒުންގެ އެލެވަންސް ދެ ގުނަ ބޮޑުކުރަން ނިންމައިފި

profile

އައިޝަތު އިބްރާހިމް - 24 ޖޫން 2025 - 11:56

‏ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް ޙާފިޒުންގެ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައިފިއެވެ.

https://wamco.com.mv/

އެމަނިކުފާނުގެ ރަސްމީއެކްސްއެކައުންޓްގައި ހިއްސާކުރެއްވިި މެސެޖްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން 2 ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

ޙާފިޒުން އުފެއްދުމަށް ސަރުކާރުން އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރައްވަމުންނެވެ.

މި އަހަރު 24 ފަރާތަކުން ވަނީ ކީރިތި ޤުރުއާން ހިތުންދަސްކޮށް ޙާފިޒު ކަމުގެ ސަނަދު ހާސިލުކޮށްފައެވެ. މިއީ އަހަރެއް ތެރޭ އެންމެ ގިނަ ބަޔަކު ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރި އަހަރެވެ. މީގެންވެސް ދޭހަކޮށްދެނީ މި ސަރުކާރުން ކީރިތި ޤުރުޢާން އުނގަންނައިދިނުމަށް ކުރަމުންގެންދާ ބުރަ މަސައްކަތްތަކުގެ މުހިންމުކަމެވެ.

undefinedޙާފިޒުކަމުގެ ތާޖު ލިބުނު ކުއްޖަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ޙާފިޒުން އުފެއްދޭ މިންވަރަށް އެ މަސައްކަތް ފުޅާ ކުރުންކަމުގައިވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ ކުރިން ޙާފިޒުން ދަސްވެނިވުމަށް ޚާއްސަ ޖަލްސާއެއް ބާއްވާފައިނުވާ ކަން ފާހަގަކުރަންޖެހެއެެވެ. އަދި ދަސްވެނިވިވާ ޙާފިޒުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ. ނަމަވެސް ޙާފިޒުން ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް މި އަހަރުން ފެށިގެން ބާއްވަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާ، ޙާފިޒުން ދަސްވެނިވާއިރު ލާނެ ޚާއްސަ ތާކިހަލާއި ގައުނެއްވެސް ވަނީ ފަރުމާކޮށްފައެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ދައުލަތުން މިހާރު ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށެވެ. މިހާރު ޙާފިޒުންނަށް މަހަކު 2000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދެއްވައެވެ.

ޤުރުއާން ހިތުދަސްކުރާ ބޭފުޅުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތްކަމެއް ކަމަށާއި ޙިފްޡު ކުރާ ކުދިން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރު ދިނުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.

ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ޝަހީމް އިޢުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެއިތުރުން ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލްއެއް ދޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay