logo

ޢާޝޫރާ ދުވަހުގެ ފިލާވަޅު

profile

ޒިދާން މުޙައްމަދު - 05 ޖުލައި 2025 - 04:46

އާޝޫރާ ދުވަހުގެ ފިލާވަޅަކީ ހުރިހާ ދޮރެއް ބަންދުވެފައިވީ ނަމަވެސް މާތް ﷲ އަށް ހައްގު ގޮތުގައި ވަކީލުކޮށްފި ނަމަ ނުކުންނާނެ ދޮރެއް އެ އިލާހު ހުޅުވައިދެއްވާނެތެވެ. ފަހަތުން ފިރްޢައުނުގެ ލަޝްކަރު، ކުރިމަތިން މާސިންގާ ފުންކަނޑެވެ. ނަމަވެސް ކަނޑުން މަގެެއް ހެދި، ފިރްޢައުނާއި އޭނާގެ އައުވާނުންގެ ކިބައިން މޫސާ އަލައިހިއްސަލާމް ސަލާމަތްކުރެއްވިއެވެ. މި ހާދިސާއިން ލިބޭ އިބުރަތަކީ އުންމީދާއެކު ކުރިއަށްދިއުމުގެ މުހިންމު ކަމެވެ. މާތް ﷲ އަށް އިތުބާރުކޮށް ވަކީލުކުރުމުގެ މުހިންމުކަމެވެ.

https://wamco.com.mv/

މާތް ﷲ ވަޙީކުރެއްވިއެވެ.

وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ-

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކާއިގެން، موسىގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ قومގެ މީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ! އަދި އެއުރެންނަށް اللَّهގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكرވެރިވުން ގިނަ ކޮންމެ މީހަކަށް، އެ ކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.

އާޝޫރާ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހަކީ ރޯދަހިފުން ސުންނަތްކަން ގަދަ ދުވަހެކެވެ.

މޫސާ އަލައިހިއްސަލާމްގެ ޒަމާނުގައި އެކަލޭގެފާނު ކޮންމެ މުޙައްރަމް މަހެއްގެ 10 ވަނަ ދުވަހު ރޯދަ ހިއްޕެވިއެވެ. އެއީ އެދުވަހަކީ ފިރްޢައުނުގެ ނުބައިކަމުން، މާތް ﷲ އެކަލޭގެފާނާއި އެކަލޭފާނުގެ ޤައުމުގެ މީހުން ސަލާމަތް ކުރެއްވި ދުވަސްކަމުގައި ވާތީ، އެކަމަށް ޝުކުރުވެރިވެ އެދުވަސް ހަނދުމަ ކުރުމުގެ ގޮތުންނެވެ. އެކަލޭގެފާނަށްފަހު ބައެއް ޔަހޫދީން ވަނީ އެކަން ދަމަހައްޓާ، މުޙައްރަމު މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފާފައެވެ.

އެކަން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

"މޫސާ އަލައިހިއްސަލާމް ސަލާމަތް ކުރެއްވި ދުވަސް ފާހަގަކުރެއްވުން އެންމެ އައުލާކަން ބޮޑީ ތިމަންމެން (މުސްލިމުން)" ކަމަށާއި "އެހެންކަމުން ދެން ޖެހިގެން އަންނަ އަހަރަކުން ފެށިގެން، މާތް ﷲ ގެ އިރާދަފުޅާއިއެކު، ތިމަންކަލޭގެފާނު ދުނިޔޭގައި ހުރެއްޖެނަމަ މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިއްޕަވާނަން" ކަމަށެވެ.

މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހުވެސް ރޯދަ ހިއްޕަވަން އެކަލޭގެފާނު ނިންމެވީ އެއީ ޔަޙޫދީންނާއި އެއްފަދަ ނުކުރުމަށެވެ. އެބައިމީހުން ރޯދަ ހިފަނީ ހަމައެކަނި މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ.

ދީނީ ބައެއް ޢިލްމުވެރިން މިހާރު ވިދާޅުވާ ގޮތުގައި، މުޙައްރަމް މަހުގެ 9، 10 އަދި 11 ވަނަ ދުވަހުގައި ވެސް ރޯދަ ހިފުން، މޮޅު އިތުރުކަން ބޮޑުވެގެން ވެއެވެ.

މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ދަރުމަ ބަޔާންކޮށްދެއްވައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ» [أخرجه مسلم في صحيحه برقم: ١٩٦ – (١١٦٢)]

މާނައީ: “އަދި ޢާޝޫރާދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތެވެ. މުޙައްރަމް މަހަކީ، މާތްﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހެކެވެ. ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަހެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay