logo

ވާރ 2 އަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު

profile

އައިޝަތު އިބްރާހިމް - 23 އޯގަސްޓު 2025 - 07:24

މި އަހަރު މީހުން އެންމެ އިންތިޒާރުކުރި އެއް ފިލްމު ކަމުގައި ވާ "ވޯރ 2" އަށް ބޮކްސް އޮފީހުގައި ހީކުރިވަރާ ގާތަށްވެސް އާމްދަނީ ލިބިފައެއް ނުވެއެވެ.

https://wamco.com.mv/

ޔަޝްރާޖް ފިލްމްސް ބެނާރގެ ދަށުން އަދިތްޔާ ޗޯޕްޅާ ޕްރޮޑިއުސްކޮށް އަޔާން މުކަރުޖީ ޑައިރެކްޓްކޮށްފައިވާ ފިލްމް ވޯރ 2 އަކީ އެކްޝަން ތްރިލާރ ފިލްމެކެވެ. މިއީ 2019 ވަނަ އަހަރު ޔައިއާރުއެފްގެ ސްޕައި ޔުނިވާރސްގެ 6 ވަނަ އުފެއްދުމުގެ ދަށުން ނެރެފައިވާ ވޯރ ގެ ސީކުއެލްއެކެވެ.

ވައިއާރްއެފް ސްޕައި ޔުނިވާސްއިން އުފައްދާފައިވާ މި ފިލްމުގެ ލީޑުން ފެނިގެންދަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކު ޖޯޝަން އާއި، އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ޖޫނިއާރ އެންޓީއާރު އަދި ކިއާރާ އަދުވާނީ އެވެއެވެ. އަޝުތޯޝް ރަނާ އާއި އަނިލް ކަޕޫރުވެސް ފިލްމުން ފެނިގެންދެއެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ދެ ތަރިންގެ ލީޑަކާއެކު އުފައްދާފައިވާ މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ފިލްމުގެ އުފެއްދުންތެރިން އުންމީދު ކުރިނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ މި ފިލްމު ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބުވެ، ބައެއް ސިނަމާތަކުންވެސް ނަގަން ޖެހިފައެވެ.

ޓްރޭޑް އެނެލިސްޓުން ބުނާ ގޮތުގައި މި ފިލްމު ނާކާމިޔާބުވި އެންމެ މައިގަނޑު އެއް ސަބަބަކީ ފިލްމުގެ ޓީޒާރގައި އެހާ ބޮޑު 'އެކްސައިޓްމެންޓް' އެއް ނެތުމެވެ. އަދި ޓްރެއިލާ އާއި ލަވަތައް ނެރުނުއިރު، އޭގައިވެސް މީހުން އެހާ ބޭނުންވާ ކަހަލަ 'ވާއު ފެކްޓާރ' އެއް ނެތް ކަމަށް ޓްރޭޑް އެކްސްޕާޓުން އަންނަނީ ބުނަމުންނެވެ.

ގާތްގަޑަކަށް 300 -400 ކްރޯޑް އިންޑިއަން ރުޕީސްގެ އާމްދަނީން އަކުން ހެދި މި ފިލްމް އޯގަސްޓް 14 ވަނަ ދުވަހު ރިލީޒްކޮށް މިހާތަނަށް ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 250 ކްރޯޑުގެ އާމްދަނީއެއް ލިބިފައެވެ. މިއީ ހީކުރިއަދި އަންދާޒާކުރިވަރާ ގާތްކުރާ އަދަދަކަށް ނުވާކަމަށް ފިލްމީ ޓްރޭޑް އެނަލިސްޓުން އަންނަނީ ބުނަމުންނެވެ.

އޯޖީ ވޯރ އާއި ޕަޓާންގެ އެސިސްޓެންޓް ޑައިރެކްޓަރު ރާޖްވީރު ޝާހިރު ވެސް މި ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔައި އިންސްޓަގްރާމްގައި ލިޔެފައި ވަނީ މިއީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށެވެ.

"އަހަރެން މި ފިލްމަށް ރޫޓް ކުރަމުން ދިޔައިރު، އެ ފިލްމަކީ ނިމުމެއް ނެތް ވަރުގެ ހިތްދަތި ކަމެއް! ފުރަތަމަ ހާފުގެ ފަހުން މެދުފަންތީގެ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގައި ފެނިގެންދިޔައީ މާޔޫސްކަމާއި މާ ބޮޑަށް ދިގު ކުޅުމެއް. އެއީ އެކަށީގެންވާ ވަރުގެ އުސްކަމެއް ވެސް ނެތް އަދި ނަފްސާނީ ގޮތުން ވެސް އަޅުގަނޑާ ގުޅެން ވެސް އެކަށީގެންވާ ކަމެއް ވެސް ނޫނެވެ! އެންމެ އުންމީދުކުރި ދުވަހަކީ ވަރަށް ބޮޑު މާޔޫސްކަމަކަށް ވެގެން ދިޔަ. ޔުނިވާސްގެ އެންމެ ނިކަމެތި ފިލްމު (ވައިއާރްއެފް ސްޕައި ޔުނިވާސް)!" ފަޓާންގެ އެސިސްޓެންޓް ޑިރެކްޓަރ ރާޖިވީރު ޝާހިރު

ފިލްމީ ދާއިރާގައި އެންމެ މުހިންމު އެއް ކަމަކީ ފިލްމުތައް ނެރޭ ދުވަހު އެއަށް ލިބޭ ތަރުހީބު ކަމުގައި ވީއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މި ފިލްމަށް އޮތް ތަރުހީބު ދައްކަން ފާހަގަ ކުރެވުނެވެ.

މީގެ އިތުރުން ފިލްމު ބުރާސްފަތި ދުވަހެއްގައި ނެރުމަކީވެސް ފިލްމުގެ ނަމްބަރުތަކަށް އަސަރު ކުރި ސަބަބެއް ކަމުގައި އެކްސްޕާޓުން ބުނެއެވެ. އޭގެ ބަދަލުގައި ފިލްމު އޮގަސްޓު 15 ގައި ނެރުނުނަމަ ތަންކޮޅެއް ނަމްބަރުތައް މަތިވީސް ކަމަށް ޓްރޭޑް އެކްސްޕާޓެއް ކަމަށްވާ އަތުލް މޯހަން ވަނީ ބުނެފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay