logo

އެޗްޑީސީން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރަނީ

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 12:42

ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

https://wamco.com.mv/

އެޗްޑީސީން ބުނިގޮތުގައި މި ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ދުނިޔެ ސާފްކުރުމުގެ ދުވަހާ ގުޅުވައިގެންނެވެ.

އެގޮތުން މި ހަރަކާތަކީ ހުޅުމާލޭގެ ރިތި ގޮނޑުދޮށްތަކުގައި އަޅާފައި ހުރި ކުނިތައް ނަގައި، މޫދު ސާފުކޮށް ބޭއްވުމަށާއި އަދި މޫދުގައިވާ ދިރުންތައް ރައްކާތެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއެކު ހުޅުމާލޭގެ މޫދުތައް ސާފުކޮށް ބޭއްވުން ކަމަށް އެޗްޑީސީން ބުނެއެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަމަ ދުވަހުގެ ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީގެ އަމާޒު ހިފާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ހަރަކާތާ ގުޅުވައިގެން، ތިމާވެށި ރައްކާތެރިކުރުމަށް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ "މަންސަ" ޕްރޮގުރާމް 20 ވަނަ ދުވަހުގެ ރޭގަނޑު އޮންނާނެއެވެ. އަދި އެ ހަރަކާތުގައި މިނިސްޓްރީތަކުންނާއި އެކިއެކި އެންޖީއޯތަކުގެ އިތުރުންސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay