logo
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ޑޮލަރުގެ އާމްދަނީ ރެކޯޑު އަދަދަކަށް!

profile

ޔޫޝައު ހަސަން - 11 ފެބްރުއަރީ 2023 - 07:34

ދައުލަތުގެ ޓެކްސް އިދާރާ, މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ މަހު ޑޮލަރުން ލިބުނު އާމްދަނީ 112.8 މިލިއަން ޑޮލަރު , ދިވެހި ރުފިޔާއިން ބަލާނަމަ 1.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

https://wamco.com.mv/

މީރާގެ މިއަހަރުގެ ޖެނުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީއަށްވުރެ މިއަހަރުގެ ޖެނުއަރީގައި އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި މީރާއަށް ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނީ 74.9 މިލިއަން ޑޮލަރު ނުވަތަ 1.1 ބިލިއަން ރުފިޔާއެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ޓީޖީއެސްޓީއިންނެވެ. ޑޮލަރު އާމްދަނީގެ 70.8 ޕަސަންޓަކީ ޓީޖީއެސްޓީން ލިބުނު އާމްދަނީ އެވެ.

ޓީޖީއެސްޓީގެ ގޮތުގައި 79.89 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ޖެނުއަރީ މަހު ލިބުނީ އިންކަމް ޓެކުހުންނެވެ. އެގޮތުން 7.1 މިލިއަން ޑޮލަރު ނުވަތަ 109 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ގްރީން ޓެކުހުގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ނުވަތަ 100 މިލިއަން ރުފިޔާ ލިބުނުއިރު ޓޫރިޒަމް ބިމު ކުލިން 6.1 މިލިއަން ޑޮލަރު ނުވަތަ 94 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޑޮލަރުން ދެން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ، (އޭޑީއެފް) ގެ ގޮތުގަ އެވެ. އޭޑީއެފްގެ ގޮތުގައި 5.8 މިލިއަން ޑޮލަރު ( 89 މިލިއަން ރުފިޔާ) ޖެނުއަރީ މަހު ދައުލަތަށް ލިބުނެވެ.

މީރާއަށް ޖެނުއަރީގައި ޑޮލަރުން ބޮޑު އާމްދަނީއެއް ލިބުނުއިރު ބާޒާރުގައި ޑޮލަރެއްގެ ރޭޓަކީ 17 ރުފިޔާ އެވެ.

މީރާއަށް ޖެނުއަރީ މަހު ޑޮލަރުން ލިބުނު އާމްދަނީ 112 މިލިއަނަށް އަރާފައިވާއިރު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 789.9 މިލިއަން ޑޮލަރެވެ.

https://etukuri.mv/
https://www.aslu.com.mv