
މުދަލު ޒަކާތުގެ ނިޞާބު ދަށްކޮށްފި

މުޙައްމަދު ފަޟްލޫން - 21 އޯގަސްޓު 2026 - 09:43
ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ މިންވަރު މޯލްޑިވްސް ޒަކާތު ހައުސްއިން ދަށްކޮށްފިއެވެ.
ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 19,266.10 (ނަވާރަހާސް ދުއިސައްތަ ފަސްދޮޅަސް ހަ ރުފިޔާ ދިހަ ލާރި) ރުފިޔާއެވެ.
މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މި މިންވަރު ވަނީ 19,527.90 ރުފިޔާއިން 21,836.50 ރުފިޔާއަށް މަތިކޮށްފައެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށެވެ. އެހެންކަމުން، ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ރުފިޔާއިން ޒަކާތް ނެރުން ވާޖިބުވާ މިންވަރަށްވެސް ބަދަލު އާދެއެވެ.
އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ރާއްޖެ ފަދަ ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާހުރި ގޮތަކީ ރިހީގެ އަގަށް ބަލައިގެން ނިސާބު ކަނޑައެޅުމެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ އެ މިންވަރަކަށް މީހެއްގެ މިލްކިއްޔާތުގައި މުދާ ނުވަތަ ފައިސާ ހުރުމުން ޒަކާތް ދެއްކުން ފަރުޟުވާ އެންމެ ދަށް މިންވަރެވެ. އެގޮތުން، ނިޞާބު ހަމަވާ އަދަދަކަށް ފައިސާ ނުވަތަ މުދާ ހުރެ، އެ ތަކެއްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފުރިއްޖެނަމަ، އެމީހެއްގެ މައްޗަށް މުދަލު ޒަކާތް ދެއްކުން ވާޖިބުވާނެއެވެ.
އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
13 މިނިޓު ކުރިން

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ފްރީ އެއްބަސްވުމަކަށް ރުހުން ދީފި
17 މިނިޓު ކުރިން

ޑްރަގް ޓްރެފިކް ކުރުން: 2 ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
20 މިނިޓު ކުރިން

ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް: ހާލަތު މޮނީޓަރުކުރަނީ
23 މިނިޓު ކުރިން


