
ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް އަރައިފި

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2026 - 09:03
މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 264 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ހުސްވި ހަފްތާގައި އިތުރު 12 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައި ވީނަމަވެސް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން މި ބަލި ދަނީ ފެންނަމުންނެވެ.
ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި ދިވެހިންގެ މެދުގައިވެސް މި ބަލި ފެތުރެން ފަށާފައިވާތީ، މި ހާލަތު މިހާރު ވަނީ އިތުރަށް ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭ އިން ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،320 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.
އެހެންކަމުން، ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ މަރުކަޒުތަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ބައްދަލުވެފައިވާ (ކޮންޓެކްޓްވި) ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ވެކްސިން ޖެހުމަށްވެސް ވަނީ އަންގާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
26 މިނިޓު ކުރިން

ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި
27 މިނިޓު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
29 މިނިޓު ކުރިން

ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތް ހުޅުވައިފި
31 މިނިޓު ކުރިން


