logo

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި

profile

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2026 - 09:02

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

https://wamco.com.mv/

މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 73.5 އިންސައްތައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ޖުމްލަ 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

ރިސޯޓްތަކުގައި މިހާތަނަށް 1,067,310 (އެއް މިލިއަން ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ ދިހަ) ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރިސޯޓުތަކުގައި އެންމެ ގިނަ އަދަދަކަށް ޗުއްޓީ ހޭދަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.

އިނގިރޭސިވިލާތުން ރާއްޖެއައި ފަތުރުވެރިންގެ 87.6 އިންސައްތަ މީހުން ރިސޯޓުތައް އިހްތިޔާރުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ރިސޯޓުތަކުގައި މަޑުކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. އެއީ އެ ގައުމުން އައި ފަތުރުވެރިންގެ 82.5 އިންސައްތައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މައިގަނޑު ގައުމުތަކަކީ:

ޗައިނާ: 271,987 ފަތުރުވެރިން

ރަޝިއާ: 212,927 ފަތުރުވެރިން

އިނގިރޭސިވިލާތް: 112,399 ފަތުރުވެރިން

އިޓަލީވިލާތް: 94,045 ފަތުރުވެރިން

ޖަރުމަނުވިލާތް: 89,980 ފަތުރުވެރިން

ރިސޯޓުތަކަށްފަހު ފަތުރުވެރިން ދެވަނައަށް އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައެވެ.

މިހާތަނަށް ގެސްޓްހައުސްތަކުގައި ޖުމްލަ 321,327 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

https://wamco.com.mv/
tel:+9607331319