logo

ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތް ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 08 ސެޕްޓެމްބަރު 2026 - 08:57

ދެކުނު ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އެކޮމޮޑޭޝަނާއި އިދާރީ ވަސީލަތްތައް ހަރުދަނާކުރުމުގެ ގޮތުން، އައްޑޫ ސިޓީ ހިތަދޫގައި އަލަށް ބިނާކުރި ޕޮލިސް އެކޮމޮޑޭޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

https://wamco.com.mv/

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ 40 މީހުންގެ ޖާގައިގެ މި އިމާރާތް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުހައްމަދެވެ.

ދެކުނު ޕޮލިސް ޑިވިޒަނުން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއަކީ އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ފެންވަރާއި މަސައްކަތުގެ މާހައުލު އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ކުރިއަށްގެންދިޔަ މުހިއްމު މަޝްރޫއެކެވެ.

މި ޒަމާނީ އިމާރާތުގައި ފެންވަރު ރަނގަޅު އެކޮމޮޑޭޝަން ވަސީލަތްތަކުގެ އިތުރުން، އިދާރީ އަދި އާންމު ހިދުމަތްތަކަށް ހާއްސަ ޖާގަތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކޮމާންޑް އޮފީސް ޖާގައާއި، ކޮންފަރެންސް ރޫމުގެ އިތުރުން، އާންމު ބޭނުންތަކަށް ޚާއްސަ ސަރަހައްދުތައް ހިމެނެއެވެ.

މި އިމާރާތް ފަރުމާކޮށް ނިންމާފައިވަނީ ފުލުހުންގެ ދިރިއުޅުމަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އަސާސީ ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ ހެންނެވެ.

މި އިމާރާތުގެ އާކިޓެކްޗަރަލް ޑިޒައިން 2022 ވަނަ އަހަރު ފުލުހުންގެ ހިދުމަތުގެ އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑިވެލޮޕްމަންޓް ޓީމުން ފުރިހަމަކޮށްފައިވާއިރު، މި މަޝްރޫއުގެ އަމަލީ އެއްބަސްވުމުގައި ސޮއިކުރެވުނީ 8 ޖަނަވަރީ 2023 ގައެވެ. އަދި 15 ޖަނަވަރީ 2023 ގައި މަސައްކަތުގެ ސައިޓް ހަވާލުކުރެވި، އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 14 ފެބުރުވަރީ 2023 ގައެވެ.

https://wamco.com.mv/
tel:+9607331319