
މުޅި ރައްޖޭގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކުރުން --- ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރުގެ ނިޔަލަށް ބީއެމްއެލްގެ އޭޓީމްގެ ޚިދުމަތް މުޅި ރާއްޖޭގައި ގާއިމުކުރަނީ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 07 ނޮވެމްބަރު 2024 - 09:34
މުޅި ރާއްޖޭގައި ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މުޅި ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކަމަށްޓަކައި ޚާއްސަ އެއްބަސްވުމެއްގައި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބޭންކު އޮފް މޯލްޑިވްސް ދެމެދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސައީދެވެ. އަދި ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ މިމަޝްރޫޢުގެ ދަށުން އދ. އޮމަދޫގައި ބަހައްޓާފައިވާ އޭޓީއެމް އިފްތިތާހުކޮށްފައެވެ. މިއީ މި މަޝްރޫޢުގެ ދަށުން ޤާއިމުކުރި ފުރަތަމަ އޭޓީއެމްއެވެ. އަދި ބީއެމްއެލްއިން ރާއްޖޭގައި ބަހައްޓާފައިވާ 150 ވަނަ އޭޓީއެމްއެވެ.
މި އޭޓީއެމް އިފްތިތާޙުކޮށްދެއްވީވެސް ރައީސުލްޖުމްހުރިއްޔާއެވެ.
މި ރަސްމިއްޔާތުގައި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ އިތުރުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
މިމަޝްރޫއުގެ ދަށުން މުޅިން އަލަށް ޖުމްލަ 103 އޭޓީއެމް ބެހެއްޓިގެންދާނެ ކަމަށާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންވާނެ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޕީއެލްގެ މުވައްޒަފަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
27 މިނިޓު ކުރިން

މާލޭގެ ހުރިހާ އަވަށްތަކެއްގައި ކެމްޕޭން ޖަގަހަތަށް ކުރިއަށް އޮތްތަނުގައި ހުޅުވިގެންދާނެ: ފަލާހް
ގަޑިއިރެއް ކުރިން

މޮރިޝަސް އަށްވުރެ ޗާގޯސް ހައްގުކަން ބޮޑީ ރާއްޖެ އަށް- ރައީސް
ދުވަހެއް ކުރިން

ޔޫކްރެއިން ހަނގުރާމަ: ރަޝިޔާ އާކު ވެވުނު އެއްބަސްވުން ވަރަށް ކާމިޔާބު
ދުވަހެއް ކުރިން


