logo
—

2022 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 827.7 މިލިއަން ޑޮލަރުގައި

profile

އައިޝަތު ޝާނީ - 03 ފެބްރުއަރީ 2023 - 06:27

2022 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 827.7 މިލިއަން ޑޮލަރުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން " އޮފިޝަލް ރިޒާރވް އެސެޓްސް " ގެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ރިޒާވްގެ ގޮތުގައި ހުރީ 827.7 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ ނޮވެމްބަރު މަހާއި އަޅާބަލާއިރު 223.52ގެ އިތުރުވުމެއް ކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން 2022 ވަނަ އަހަރު ނޮވެމްބަރު މަހު ރިޒާވްގައި ހުރީ 604.20 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރު ދައުލަތުގެ ރިޒާރވް އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ ސެޕްޓެމްބަރ މަހުއެވެ. އެއީ 1.02 ބިލިއަން މިލިއަން ޑޮލަރެވެ. 2022ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްއެމްއޭއިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) މެދުވެރިކޮށް ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވެޕް ފެސިލިޓީއެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ. ކަރެންސީ ސްވެޕްގައި ހިމެނޭ ފައިސާ، ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަން ޖެހޭއިރު، ކަނޑައަޅާފައިވާ ލިމިޓް ހަމަވަންދެން އެމްއެމްއޭ އަށް ފައިސާ ނެގޭނެއެވެ. އެހެން ނަމަވެސް އިންޑިއާގެ ރިޒާވް ބޭންކަށް އެ ނަގާ އަދަދަކާ އެއްވަރަށް ދިވެހި ރުފިޔާ ބަހައްޓަންޖެހެއެވެ. ކަރަންސީ ސްވެޕް ފެސިލިޓީގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖެ އަށް ލިބުމަށް މަގުފަހި ވިނަމަވެސް އެއީ ރާއްޖޭގެ ރިޒާވް އިތުރު ކުރުމަށް އޮތް ވަގުތީ ހައްލެއްކަންވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް 2021 ވަނަ އަހަރު ނިމުނު އިރު ހުރީ 805 މިލިއަން ޑޮލަރުގައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay