
ދެގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރަން ރުހުންދީފި

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 11:46
ގްރީސް އާއި ވިއެޓްނާމަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މި ދެ ޤައުމަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވީ މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. މި ހުށަހެޅުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ދިރާސާކުރުމަށް ފޮނުއްވީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހެޅިއެވެ. މަޖިލީހުން ރުހުން ދީފައިވާ ދެ ބޭފުޅުންނަކީ:
ވިއެޓްނާމްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް: މަރިޔަމް މިދްފާ ނައީމް
ގްރީސްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް: ޙަސަން އާދަމް
މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ނެގި ވޯޓުގައި، މަރިޔަމް މިދްފާ ނައީމަށް ރުހުން ދިނުމަށް 74 މެންބަރުން ވޯޓު ދެއްވިއިރު، ޙަސަން އާދަމަށް ރުހުން ދިނުމަށް 75 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. މި ދެ ބޭފުޅުން އައްޔަންކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބިންވެރިޔާ ސްކީމަށް ކެޓެގަރީއެއް އިތުރުކޮށްފި
ގަޑިއިރެއް ކުރިން

ކިނބިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
ގަޑިއިރެއް ކުރިން

ގޮނޑިގެއްލޭ އިސްލާހު ސުޕްރީމް ކޯޓުން ނެގެހެއްޓުމުން ޕީއެންސީ އިން މަރުހަބާ ކިޔައިފި
ގަޑިއިރެއް ކުރިން

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
17 ގަޑިއިރު ކުރިން


.gif&w=3840&q=75)