
ފިޔާ ކިލޯއެއް މިހާރު 13 ރުފިޔާއަށް ލިބޭނެ : އެސްޓީއޯ

މުޙައްމަދު ފަޟްލޫން - 17 ޖޫން 2026 - 09:46
ފިޔާ ކިލޯއެއް މިހާރު 13 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
ފިޔާގެ ދަތިކަމާއި އަގުބޮޑު ކަމަށް ސޯޝަލް މީޑިއާގައި އާއްމުން ޝަކުވާ ކުރަމުންދަނިކޮށް އެސްޓީއޯ އިން ވަނީ ހެޔޮ އަގުގައި ފިޔާ ލިބެން ހުރިކަން ހާމަކޮށްފައެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެސްޓީއޯ އިން ބުނީ ފިޔާގެ ސްޓޮކް އެކަށީގެންވާ މިންވަރަށް ހިފެހެއްޓޭނެ ކަމަށާއި ކުރިއެރެކޭ އެއްފަދައިން ފިޔާ ލިބެން ހުންނާނެ ކަމަށެވެ.
އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ފިޔާގެ އަގު ދޭތެރެ ދޭތެރެއިން ބޮޑުވި ނަމަވެސް އެސްޓީއޯ އިން ފިޔާ ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަމުންދާކަން ފާހަގަކޮށްލެވެއެވެ.
އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޔޫއޭއީ ގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުން މަނާކޮށްފި
3 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގައި ހުރި ފްލެޓްތަކުގެ ކައިރީގައި ކޮމާޝަލް އޮފީސް އިމާރާތެއް އަޅަނީ
3 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ ފޭސް 1 ގެ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
3 ގަޑިއިރު ކުރިން

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)