
ލުބުނާނާޢި، ޔަހޫދީ އިސްރާއީލުގެ ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުން އަނެއްކާވެސް އިތުރުކޮށްފި

ރިޟްވާން މޫސާ - 24 އޭޕްރީލު 2026 - 12:07
ޔަހޫދީ ދައުލަތާއި ލުބުނާނާ ދެމެދު އަމަލުކުރަމުންދާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު، އިތުރު ތިން ހަފުތާއަށް ދަންމައިލުމަށް ނިންމާފައިވާ ކަން އެމެރިކާއިން ހާމަކޮށްފި އެވެ
މެދުއިރުމަތީގައި އެމެރިކާ ބައިއަތު ހިފައިގެން ކުރިއަށް ގެންދާ ހަނގުރާމައިގައި ވެސް އީރާނާއި، އެމެރިކާ އާ ދެމެދު މީގެ ހަފްތާއެއްހައި ދުވަސް ކުރިން ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި، މި މަޝްވަރާ ތަކުގައި ވެސް ކާމިޔާބު ލިބެމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ލުބްނާނާއި ޔަހޫދީ ފައުޖާ ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު އިތުރުކުރި ނަމަވެސް، ލުބްނާނުގެ ދެކުނުގައި ޔަހޫދީ ފައުޖުން އަދިވެސް ވަނީ އެއްބަސްވުމާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.
ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، އީރާނުން އެންމެ ފަހުން ހިންގާފައިވާ އަސްކަރީ އޮޕަރޭޝަންތަކަށް ވެސް އަލިއަޅުއްވައިލައްވާފައެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުުރުކުރި ދެ އާގުބޯޓެއް އީރާނުގެ އަސްކަރިއްޔާއިން ހިފެހެއްޓުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާ ވެސް ވަނީ އުފުލެން ފަށާފައެވެ.
މި ކަމަށް އިޝާރާތްކުރައްވައި ޓްރަމްޕް ވަނީ، އެ ސަރަޙައްދުގައި މައިން ފަދަ ގޮވާތަކެތި ހަރުކުރަމުންދާ އީރާންގެ އަސްކަރީ އުޅަނދުތަކަށް ޙަމަލާދިނުމަށް އަމުރުކުރައްވާފައިވާނެ ކަން ހާމަކުރައްވާފައެވެ. އަދި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިޔަރ ހަތިޔާރެއް ބޭނުން ނުކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް!`
3 ގަޑިއިރު ކުރިން

ޙަރަދު ކުޑަކުރެވޭނީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކޮށްގެން: ސާއިދު
3 ގަޑިއިރު ކުރިން

އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތީލާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއް: އަބުދުﷲ ޙަލީލް
3 ގަޑިއިރު ކުރިން

މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)