logo
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން

އޭޝިއާ މީޑިއާ ސަމިޓުގެ ވޯކްޝޮޕްތައް މިމަހު 11ގައި

profile

ރިޟްވާން މޫސާ - 04 މޭ 2026 - 13:38

އޭޝިއާ މީޑިއާ ސަމިޓާއި ގުޅިގެން ބާއްވާ ޕްރީ ސަމިޓު 5 ވޯކްޝޮޕެއް މިމަހުގެ 15 ދުވަހު ބާއްވަން ނިންމައިފިއެވެ. މި ސަމިޓަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު، މިފަހަރުގެ ސަމިޓު ހޯސްޓް ކުރަނީ ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިންނެވެ.

https://wamco.com.mv/

މިއަހަރުގެ މީޑިއާ ސަމިޓު މިމަހުގެ 11 އިން 14 އަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައެވެ. ސަމިޓުގެ ހަރަކާތްތައް ފަށާނީ، މިމަހުގެ 11 ވަނަ ދުވަހު ބާއްވާ ޕްރީ ސަމިޓު މަސައްކަތު ބައްދަލުވުންތަކާއެކުއެވެ.

ޕްރީ ސަމިޓުގެ 5 ވޯކްޝޮޕެއް ކުރިއަށްގެންދާއިރު، މިބައްދަލުވުންތަކުގެ މައުޟޫޢުތަކުގެ ތެރޭގައި ސްޓޯރީޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ކުރިއަރައި ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަމާއި، އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ.

މި ސަމިޓަކީ، ހަމައެކަނި ބާއްވާ ބައްދަލުވުމަކަށްވުރެ ބޮޑަށް، މީޑިއާ ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީގައި ބައިނަލްއަޤްވާމީ ގޮތުން ގުޅުން ބަދަހިކޮށް، މިސިނާޢަތުގެ ސަރަޙައްދީ މަރުކަޒެއްގެ ގޮތުގައި ޤާއިމްވުމަށް ރާއްޖެއަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެކެވެ.

އަދި ޚަބަރާއި ޕްރޮގްރާމް އުފެއްދުމާއި، މިދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އަހުލުވެރިވެ، މީޑިއާ ސިނާޢަތް ކުރިއެރުވުމަށް ބޭނުންތެރި މުހިއްމު މަޝްވަރާތަކެއް ކުރުމުގެ ފުރުސަތު މިސަމިޓުގެ ތެރެއިން ރާއްޖެއަށް ލިބޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk