
ދެޤައުމުގެ މަޖިލީހުގެ މެދުގައި ފަންނީ މައުލޫމާތު ބަދަލުކުރަން މަޝްވަރާކޮށްފި

ރިޟްވާން މޫސާ - 04 މޭ 2026 - 13:38
ދިވެހިރާއްޖެއާއި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ފަންނީ ގޮތުންނާއި އެކި ގޮތްގޮތުން މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑޮކްޓަރ ޖަގަތް ވިކްރަމަރަތްނަ އެމް.ޕީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ، ދެޤައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ބޭއްވެވި މި ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
އަދި، މި ގުޅުމަކީ، ހަމައެކަނި ސިޔާސީ ގުޅުމެއް ނޫންކަމަށާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައިވެސް ޚާއްޞަ ގުޅުމެއް އުފެދިފައިވާކަމަށްވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް މަސައްކަތްކުރުމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ހަމައެހެންމެ، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށް، ދެޤައުމުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މަޢުލޫމާތު ޙިއްސާކުރުމަކީ މުހިންމުކަމެއްކަމަށްވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.
ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފައިވަނީ ޖުލައި 2025ގައެވެ.
ގުޅުން ހުރި ޙަބަރުތައް
ކަނޑިމާ މޯލްޑިވްސް ރިސޯޓަށް މޫދަށް އެރުނު ދެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ގަޑިއިރެއް ކުރިން

ދައުލަތުގެ އެކިއެކި ކުންފުނިތަކުގެ ތިޖޫރިތައް ފަޅާލި ކަމެއް ރައްޔިތުންނަކަށް ނޭނގޭ: އައިބީ
3 ގަޑިއިރު ކުރިން

ކުޅުދުއްފުސިޓީ ތަރައްގީ ވާނީ ކޮންމެ ގެއެއްވެސް ކަރަންޓް އުފެއްދޭނެ ފަދަ އަގުހެޔޮ ނިޒާމަކާއެކު: މޭޔަރު އާތިފް
3 ގަޑިއިރު ކުރިން

ސިއްރަކުން ނުކުރެވޭނެ ކަންކަމެއް! ކެމްޕެއިނަށް ފައިސާ ހޯދަން ރަސްމާލެ ވިއްކިޔަސް އަތުލާނަން: ޝިއްޕެ
3 ގަޑިއިރު ކުރިން


