logo
އެއްގައުމުން އަނެއް ގައުމަށް ތެޔޮ އުފުލާ ޓެންކަރެއް!

އެއްގައުމުން އަނެއް ގައުމަށް ތެޔޮ އުފުލާ ޓެންކަރެއް!

އެމެރިކާއިން އޭޝިޔާއަށް ވިއްކާ ގޭހުގެ މިންވަރު އިތުރުވެއްޖެ

profile

ރިޟްވާން މޫސާ - 04 މޭ 2026 - 13:36

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހުޅަނގު އޭޝިޔާ ސަރަޙައްދުން ތެލާއި ގޭސް ބޭރުކުރާ މިންވަރު ދަށްވުމާ ގުޅިގެން، މިދިޔަ އެޕްރީލު މަހު އެމެރިކާއިން އޭޝިޔާގެ ޤައުމުތަކަށް ވިއްކާފައިވާ ދިޔާ އެއްޗަކަށް ބަދަލުކޮށްފައިވާ ގޭހުގެ (އެލްއެންޖީ) މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

https://wamco.com.mv/

އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އޭޝިޔާއަށް ފޮނުވާ ޝިޕްމަންޓްތައް ވަނީ %175 އަށްވުރެ ބޮޑަށް އިތުރުވެފައެވެ. ފެބުރުވަރީ މަހު އެމެރިކާއިން 970,000 މެޓްރިކް ޓަނުގެ ގޭސް ބޭރުކޮށްފައިވާއިރު، އެޕްރީލު މަހު އެ އަދަދު ވަނީ 2.71 މިލިޔަން މެޓްރިކް ޓަނަށް އުފުލިފައެވެ.

މި ކުރިއެރުމާއެކު، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، ކޮންމެހެން ބޭނުންޖެހޭ ވަގުތު ސަޕްލައި ފޯރުކޮށްދޭ "ސްވިންގް ސަޕްލަޔަރ" އެއްގެ ދައުރު އެމެރިކާއިން ދަނީ އަދާކުރަމުންނެވެ. އަދި، ބޮޑެތި މާލީ ފައިދާތަކެއް ހޯދަމުންނެވެ.

ހުޅަނގު އޭޝިޔާ ހަނގުރާމައިގެ ސަބަބުން އުފެދުނު ހަކަތައިގެ ދަތިކަމުގެ ނާޖާއިޒު ފައިދާ އެންމެ ބޮޑަށް ނަގަމުންދަނީ އެމެރިކާގެ ހަކަތައިގެ ސިނާޢަތުން ކަން މީޑިޔާ ރިޕޯޓްތަކުން އެނގެ އެވެ. އެގޮތުން އޭޝިޔާގެ ބާޒާރުގައި ގޭހުގެ އަގު ހުރީ މިލިޔަން ބްރިޓިޝް ތަރމަލް ޔުނިޓަކަށް 17.92 އެމެރިކާ ޑޮލަރުގައެވެ. މިއީ ވިލާތުގެ ބާޒާރުތަކަށްވުރެ %17 ބޮޑު އަގެކެވެ.

ދުނިޔޭގެ ބާޒާރުގައި ގޭސް ފޯރުކޮށްދޭ މައިގަނޑު ބާރަކަށް އެމެރިކާގެ އުފެއްދުންތެރިކަން ވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކުރިއެވެ.

އެލްއެންޖީގެ ވިޔަފާރީގެ މުޢާމަލާތުތައް ދިރާސާކުރާ އެލްއެސްއީޖީ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެޕްރީލު މަހު އެމެރިކާއިން ބޭރުކުރި ގޭހުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ވިއްކާފައި ވަނީ އޭޝިޔާގެ ބާޒާރުތަކަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk